އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެބޭކަލުންގެ ދެދަތްޕުޅުދޭތެރޭގަ އަޅެއްގެ މަސް ތާށިވެފަ ހުރިކަމުގެ ޙަދީޘްފުޅު- އަހަރެމެންގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެބޭކަލުންގެ ދެދަތްޕުޅުދޭތެރޭގަ އަޅެއްގެ މަސް ތާށިވެފަ ހުރިކަމުގެ ޙަދީޘްފުޅު- އަހަރެމެންގެ ޙާލަކީ ކޮބާ؟

މިކިޔައިދޭ ޙާދިސާއަށް ވިސްނައި ހޭލުންތެރިވާށެވެ. އަމިއްލަ ންފްސާއި ސުވާލުވެސްކުރާށެވެ! އަހަރެންގެ ޙާލަކީ ކޮބައިހެއްޔެވެ؟

އެއްދުވަހަކު މިއުންމަތުގެ އެންމެ އިސް ދެ ޚަލީފާއިންކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް އަޅަކާއިމެދު ވަރަށް ނުހަނު ކުޑަކުޑަކުޑަ ބަސްފުޅެއް ވިދާޅުވެވުނެވެ.

އެކަމާއިމެދު ކަންބޮޑުވެވަޑައިގެން ދެބޭކަލުން ރަސޫލް ﷺ ގެ އަރިއަހަށް ވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވެވީ ކީކޭކަން އެނގޭހެއްޔެވެ؟ "އޭނާގެ މަސް ތިއަ ބޭކަލުންގެ ދެދަތްޕުޅު ދެމެދުން ފެނިވަޑައިގަންނަވާ" ކަމަށެވެ.

އެކަމަށް ބިރުފުޅުގަތްވަރުން ތިމަން ބޭކަލުންގެ ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި ދެއްވެވުމަށް އެދިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާގެ ގާތަށް ގޮސް މާފަށް އެދުމަށެވެ.

(އެނގިގެން މިދިއައީ ކިތަންމެ ނިކަމެތި މީހަކު ކަމުގައިވީނަމަވެސް އެއްވެސް މީހެއްގެ ޙައްޤު އެކުލެވިގެންވާ ކަންކަމުގައި އޮތީ އެމީހާގެ ކިބައިން މާފު ހޯދުންކަމެވެ. ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވަވާނީ އެމީހާ މާފުކުރުމުން ކަމެވެ.)

މީސްތަކުންނޭވެ! މުސްލިމް އަޚުންނާއިމެދު ބޭކާރުވާހަކަތައް ނުދައްކާށެވެ! މީސްތަކުންގެ ވާހަކަތައް ބޭކާރުގޮތުގައި ދެއްކުމުން ޤިޔާމަތް ދުވަހު އުޅެންޖެހޭނެ ޙާލަކީ ކޮބައިހެއްޔެވެ؟ ކުރިހައި ހެޔޮކަމެއް ބަދަލަށް ދީފައި ނަރަކައަށް ދާން ނުޖެހޭނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

ބައަކު އެފަދަ ވާހަކައެއް ދެއްކި ނަމަވެސް އެކަމުގައި ބައިވެރިނުވާށެވެ. މިއީ ﷲ ތަޢާލާ އެންމެ މާތް ކުރެއްވެވި އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މިއުންމަތުގެ އެންމެ މަތިވެރި 2 ޚަލީފާއިން ކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ބެހޭގޮތުން ޙަދީޘްކުރެއްވެވި ބަސްފުޅެވެ. އަޅަކަށް ނުހަނު ކުޑަކުޑަ ބަސްފުޅެއް ވިދާޅުވެވުމުން ނެރުއްވެވި ޙުކުމްފުޅެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

https://www.facebook.com/325717467563834/videos/647419296060873/

މިއަދު އޮންލައިން