ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ!: ޝައިޚް އަޙްމަދު ނާޒިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ!: ޝައިޚް އަޙްމަދު ނާޒިލް

"އަޅުގަނޑުގެ ދަރިފުޅަކީ ޢުމުރުން 12 އަހަރުގެ ކުއްޖެކެވެ. ސަފުގެ ކަނަކުން ނަމަވެސް ކުރީސަފުގައި ހުރެގެން ނަމާދުކުރަން ބޭނުންވާ ކުއްޖެކެވެ. އެެހންވެ ސްކޫލުން އައިސް ގޭގައި ހުންނަނަމަ ކޮންމެ ވަޤުތަކުވެސް ބަންގިގޮވުމުގެ ކުރިން މިސްކިތަށްގޮސް ޖާގަ ހޯދަމުން އައި ކުއްޖެކެވެ.

އެކަމަކު މިހާރު އުޅެނީ މިސްކިތަށް ނުދާށެވެ! ގޭގައި ނަމާދުކުރާށެވެ! ސަބަބަކީ ކުރީ ސަފުގެ ކަނުންނަމަވެސް ޖާގަ ހޯދައިގެން ހުއްޓާ ފަހުން އަންނަ މީހުން އޭނާ ސަފުން ބާލުވާކަމެވެ.

އަޅުގަނޑުގެ ސުވާލަކީ އެމީހުން އެކަން އެކުރަނީ ހަމަ ރަނގަޅަށްތޯއެވެ؟ ކުރީ ސަފުން ޖާގަހޯދަން އޮންނަނީ އެގޮތަށްތޯއެވެ؟ ކުޑަކުއްޖަކަށްވެއްޖިއްޔާ (ބާލިޣްވެފައި ހުއްޓަސް) ކުރީ ސަފުގެ ކަނަކުންވެސް ޖާގަދިނުމަކީ މަނާކުރައްވާފަ އޮތްކަމެއްތޯއެވެ؟"

ކިޔުންތެރިޔާގެ ތިއަ މައްސަލައަކީ ދޭތެރެ ދޭތެރެއިން ބައެއް މިސްތަކުގައި ފެންމަތިވާ މައްސަލައެކެވެ. ސަފުން ބޭލުމުގައި ބައެއް ފަހަރު ވަރަށް ހަރުކަށިކޮށް ކުދިން ބިރުގަންނަ ގޮތަށްވެސް ކަންކަން ކުރެއެވެ. އެކަމުގެ ސަބަބުން ކުދިން ވަރަށް ދެރަވެގެން އުޅޭތަންވެސް ފެނެއެވެ.

އަދި އެފަދަ ކަންކަން ހުއްޓުވަންވެސް މަސައްކަތްކުރަމެވެ. އެއީ ތިއަފަދަ ކަމެއް ހިނގުމުން ޝައިޚް އަޙްމަދު ނާޒިލް ވިދާޅުވެފައިވަނީ މިފަދައިންނެވެ. މިމޭރުމުން ވަރަށް ގިނަ ޝައިޚުން ވިދާޅުވެއެވެ. އަދި ޜާއްޖެއިން ބޭރުގެ ގިނަ ޢިލްމުވެރިންވެސް މިފަދަ މޭރުމުން ވިދާޅުވެއެވެ.

"މިސްކިތުގެ އިސް ސަފުގެ ދަރުމައަށް އެދޭމީހާއަށް އޮތީ މާއިރާ މިސްކިތަށް ދިއުމެވެ! ކުޑަކުދިން އިސް ސަފަށް އަރައިފިނަމަ އެކުދިން އެތަނުން ބޭލުމެއް ބޮޑެތި މީހުންނަކަށް ނުވެއެވެ! އަޅުގަނޑުމެން ވާންވާނީ އެކުދިން މިސްކިތާ އޮޅު ކުރުވާ، މިސްކިތަށް ހިތް ޖައްސުވާ ބައަކަށެވެ! ހެޔޮ ނުބައި ނިކަން ރަނގަޅަށް ކިޔައިދީގެންނެވެ."- ޝައިޚް އަޙްމަދު ނާޒިލް

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި ޝައިޚް އަހްމަދު ނާޒިލްއަކީ ޙާފިޡެއްގެ އިތުރުން މަދީނާއިން ކިޔަވައިވިދާޅުވެގެން ހުންނެވި ދީނީ ޢިލްމްވެރިއަކަށްވުމުން ޝައިޚް ކުރީ ސަފަށް ގެންދިއުމަށްޓަކައި ކުރީ ސަފުގައި ހުރި ކުއްޖަކު ފަހަތަށް ފޮނުވަން އުޅުމުން ޝައިޚް ވަނީ އިޢްތިރާޒްކުރައްވައިފައެވެ. ވިދާޅުވިކަމަށްވަނީ ކުރިން މިސްކިތަށް އައިސް އެ މަޤާމުގައި ހުރުމުން ނުބާލައި ބެހެއްޓުމަށެވެ.

އެއީ ކުއްޖާ އެކަމަށް ހިތްހަމަނުޖެހި މިސްކިތަށް ދިއުމާއި ޚާއްޞަކޮށް ކުރިން ގޮސް ކުރީ ސަފުން ޖާގަ ހޯދުމުން ފޫހިވެދާނެ ކަމަށްޓަކައެވެ.

 

މިއަދު އޮންލައިން