ފާފަތަކުން ސަލާމަތްވެވި ޘަވާބު އިތުރުކުރެވޭނެ ލުއިފަސޭހަ މަގުތައް ބައިވަރު: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފާފަތަކުން ސަލާމަތްވެވި ޘަވާބު އިތުރުކުރެވޭނެ ލުއިފަސޭހަ މަގުތައް ބައިވަރު: ޢުމަރު ސުލައިމާން

އަހުރެމެން ވިސްނައިގެން ކަންކަން ކުރަންވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް އެމީހަކަށް އެންމެ ފަސޭހައިން ކުރެވެން ހުރި އަޅުކަންކުރަން ސަމާލުކަންދޭންވެއްޖެއެވެ.  

މިޘާލަކަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ސުބްހާނަﷲ 33 ފަހަރު، އަލްޙަމްދުލިﷲ 33 ފަހަރު، ﷲ އަކްބަރު 34 ފަހަރު ކިޔައި ނިދުމުގެ ކުރިން ހަމައެ 3 ކަލިމަ، އެއަދަދަށް ކިޔާނަމަ ކޮންމެ ދުވަހަކު 600 ފަހަރު އެކަލިމަތައް ޛިކުރުކުރެވުނީއެވެ. އެއީ މަދުވެގެން 6000 ޘަވާބެވެ. ގިނަވެގެން ދެއްވަވާނެ ވަރު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ދެން އޮތީ ތިމާއަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. ކޮންމެ ދުވަހަކު 100 ފަހަރު އަސްތަޣްފިރުﷲ ކިޔާނަމަ އެއޮތީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ސުންނަތުގައިވާ މިންވަރަށް ދެންނެވިފައެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމަކީވެސް ހަމަ ޘަވާބު ދެއްވަވާ އަޅުކަމެކެވެ.  

މިފަދައިން ލުއިފަސޭހަކަމާއިއެކު ކުރެވެން ހުރި އެތައް ކަމެއް އެބަހުއްޓެވެ. ބުނަން އޮތީ އަދިވެސް ވިސްނައިލާށެވެ! މިހާރު އެހަމަވީ 700 އެވެ. އެލިބުނީ 7000 ޘަވާބެވެ. މިމަގުން ބަލައިފިނަމަ ދުވާލަކު ކުރެވޭ ފާފަތަކުގެ އެތައް ގުނައެއް އިތުރަށް ހަމައެކަނި މިކަންކަމުންވެސް ނުހަނު ލުއިފަސާހަކަމާއިއެކު ޘަވާބު ހޯދުނީއެވެ.  

ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާއި ޘަވާބު އިތުރުކުރުމުގެ ނިޔަތް އޮވެގެން އިޚްލާޞްތެރިކަމާއިއެކު މީހަކު ޢަމަލުކުރާނަމަ އެމީހަކަށް ނަރަކައިން ސަލާމަތްވެވޭނެ މަގުތައް ވަރަށް ފަސޭހަކަން މިވަރުންވެސް އެނގިގެންދެއެވެ. އޮތީ ހިތްވަރުކުރަން ކެރުނު ވަރެކެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން