ނިދުމުގެ ކުރިން ކުރަން އެންމެ ފަސޭހަ، އެންމެ ފައިދާ ބޮޑު ޢަމަލު ނުކުރަނީ ކީއްވެ؟ ސުވަރުގެ ބޭނުން ނޫނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނިދުމުގެ ކުރިން ކުރަން އެންމެ ފަސޭހަ، އެންމެ ފައިދާ ބޮޑު ޢަމަލު ނުކުރަނީ ކީއްވެ؟ ސުވަރުގެ ބޭނުން ނޫނީތަ؟

ނިދުމުގެ ކުރިން ކުރަން ހުރި ކަންކަމުގެ ތެރޭގައި، ވުޟޫކޮށްގެން ނިދުން، އިޚްލާޞް، ފަލަްް، ނާސް ކިޔަވައި އަތްތިލައަށް 3 ފަހަރު ފުމެ ގައިގައި އަތްތިލަ އުނގުޅައިގެން ނިދުން، އެނދު ފޮޅައި ސާފުކުރުން، ޤުރްއާން ކިޔަވައި ޛިކުރުތައް ކިޔުން ފަދަ އެތައް ކަމެއް ގިނަ ބައަކުކުރެއެވެ. އެކަންކަން ކުރަން ވަރަށް ގިނަ ވަޤުތުވެސް ހޭދަކުރެއެވެ. ބުރަވިނަމަވެސް އެއީ ކުރުމުން ވަރަށް ގިނަ ފައިޑާތައް ޙާޞިލުވެގެންދާ ކަންކަމެވެ. 

އެހެންކަމާއިއެކުވެސް ބުނެލަން ބޭނުންވަނީ އެންމެ ފަސޭހައިން ކުރެވެން އޮތް އަދި އެންމެ ފައިދާ ބޮޑު ޢަމަލުކުރަނީ ވަރަށް މަދު މީހަކުކަމެވެ. ނިކަން ވިސްނައިލަބަލާށެވެ! އެއީ ކޮން ކަމެއް ހެއްޔެވެ؟ 

ހަމައެކެއްގެ ވިސްނުމަށްވެސް އެކަން ނައިތާއެވެ! ވަރަށް ދެރަވެއްޖައިމެވެ. މިބުނެދެނީއެވެ. ދެންވެސް ހަނދާނުގައި ހަރުލައްވާފައި ބަހައްޓާށެވެ! މިބުނާ ކަންތައް ނުިކޮށް ނުނިދާށެވެ! އަދި މިހެން މިބުނާ ސަބަބުވެސް ބުނެދޭނަމެވެ. 

އެކަމަކީ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ހުރިހާ އެންމެންނަށް ހިތްހެޔޮކުރުމެވެ. އެއީ ތިމާއަށް ކިތަންމެ ބޮޑު ދެރައެއް، ގެއްލުމެއްދީފައިވާ މީހަކުނަމަވެސްމެއެވެ. އެންމެ ބޮޑު އެއްކަމަކީ ޙަޔާތުގެ ބައިވެރިޔާ ޖަހައިގަތުން ނޫން ހެއްޔެވެ؟ އެކަންކޮށްފައިވާ މީހަކަށް ނަމަވެސް މާފުކޮށްފައި ނިދާށެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ދެއްވަވާނެ ފައިދާށ ބޮޑުކަމުންނެވެ. އަޑުއަހާށެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން މިބުނި ފަދައިން އެންމެހައި މީސްތަކުންނަށް މާފުކޮށްގެން ނިދި ޞަޙާބީއަކަށް އެކަމުގެ ސަބަބުން ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ވަނީ ޞަޙާބީ ދުނިޔޭގައި ހުންނަވަނިކޮށް ދެއްވަވައިފައެވެ. 

ދެން ނިކަން ބުނެބަލާށެވެ! ސުވަރުގެ ލިބުމަށްވުރެ ބޮޑު ނިޢްމަތެއް ނުވޭ ނޫންހެއްޔެވެ؟ އަހުރެމެން މިހުރިހާ ބުރަ މަސައްކަތް މިކުރަނީ ސުވަރުގެ އެދިގެން ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު މިހާ ފަސޭހައިން ލިބެން އޮއްވައި ލިބި ނުގަނެ ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

މިރޭވެސް އަގުހުރި ނަޞޭޙަތެއް ދެވިއްޖެކަމަށް އުންމީދުކުރަމެވެ. ދުޢާއަކީ އަހުރެމެން އެންމެންނަށް ﷲ ތަޢާލާ ސުވަރުގެ މިންވަރުކޮށް ދެއްވެވުމެވެ. ޢާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން