ޛައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެކަމަށް ބުނެވޭ ބަހުގެ މާނައަކީ ފާފަ ފުއްސެވިޔަސް ޤިޔާމަތް ދުވަހުން ހުރިހާ ކުށަކަށް އަޛާބު ލިބޭނެކަމަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޛައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެކަމަށް ބުނެވޭ ބަހުގެ މާނައަކީ ފާފަ ފުއްސެވިޔަސް ޤިޔާމަތް ދުވަހުން ހުރިހާ ކުށަކަށް އަޛާބު ލިބޭނެކަމަށްތޯ؟

ޒައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެއެވެ. މީގެ މާނައަކީ ފާފަ ފުއްސެވިޔަސް ޤިޔާމަތް ދުވަހުން ހުރިހާ ކުށަކަށް އަޛާބު ލިބޭނެއޭތޯ؟ 

"ބައެއް މީހުންނަށް އެމީހުން ކުޅަ ނުބައި ޢަމަލުތައް ދައްކަވަމުން ގެންދަވާނެތެވެ. އެއީ އޭނާ ކުޅަފާފަތޯވެސް ސުވާލުކުރައްވަވާނެތެވެ. އެމީހާ އިޢްތިރާފަމުން ގެންދާނެތެވެ. އެހެންދަމުން ގޮސް އެމީހާއަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން ތިމާއަށް ސުވަރުގެ ނުވަދެވޭނެ ކަމުގެ ބިރު ހީވެ ތުރުތުރުއަޅާ ހިސާބަށް ދާނެއެވެ. އެހިނދު އޭނާގެ އެހުރިހާ ފާފަތައް ﷲ ތަޢާލާ އޭނާގެ ފަތުން ފުއްސަވައިލަ ދެއްވަވާނެތެވެ.

- ބިލާލް އައްސަދު 

ޛައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެއެވެ. މީގެ މާނައަކީ ކޮންމެ މީހަކުވެސް އެމީހަކު ދުނިޔޭގައި ކުޅަ ޢަމަލުތައް ގިޔާމަތް ދުވަހުން ދެކޭނެ ކަމެވެ. ފުއްސަވާފައިވާ ފާފަތަކަށް ޢަޛާބު ދެއްވުމެއް ނޫނެވެ. والله أعلم. 

ދިރޭއެއްޗެތީގެ ސޫރަކުރެހުމަކީ ކޮންކަލަކަމެއް؟

ކޮންމެހެން ބޭނުންވެގެން ނޫންގޮތަކަށް ދިރޭ ތަކެތީގެ ޞޫރަ ނުކުރެހުމަކީ އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. والله أعلم. 

ބުރުގާނާޅާ ޤުރުޢާން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟

ބުރުގާ ނާޅާ ގުރްއާން ކިޔެވުމަކީ އެންމެ ރަގަޅު ކަމެކެވެ. والله أعلم. 

ދިވެހިންނަށް ނުވަތަ މުޅި އިސްލާމީ އުންމަތަށް އަތިޔާރު އުފުލުމާއިއެކު ޖިހާދު ވާޖިބްވާނީ ކޮން ޙާލަތެއްގައިތޯ؟

އިސްލާމީ އުއްމަތަށް ޖިހާދުވާޖިބު ވާނީ މުސްލިމް ގައުމެއްގެ މައްޗަށް ޢަދާވާތްތެރިން ގަދަވެގަނެ، އެގައުމެއްގެ މީހުންނަށް ގައުމު ދިފާޢު ނުކުރެވި އެހީތެރި ކަމަށްގޮވާ، ކައިރީ ތިބި ގައުމުތަކުންވެސް އެކަމަށް ނުކުޅެދިއްޖެނަމައެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން