"ޒިނޭ ނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟"- މުފްތީ މެންކުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
"ޒިނޭ ނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟"- މުފްތީ މެންކުގެ ޖަވާބު!

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ޒިނޭ ނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟"

މިފަދަ ސުވާލުތައް ގިނައިން ކުރަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނި ނުކުރެވިފައި ތިބޭ ޒުވާނުންގެ ކިބައިންނެވެ. ޒިނޭކުރުން މިހައިބޮޑަށް ޢާންމުވެފައިވާ ދުވަސްވަރެއްގައި މިފަދަ ސުވާލުތައް ކުރިމަތިވާނެއެވެ. އެނގޭ ހެއްޔެވެ؟ މިފަދަ ސުވާލުތައް ކުރާ ކުދިންގެ ތެރޭގައި އެންމެ 14 އަހަރުގެ ކުދިންވެސް ހިމެނެއެވެ.

ޖަވާބެއްގެ ގޮތުން ބުނެލަން ބޭނުންވަނީ ކެތްތެރިވެލާށެވެ! ތިބާއަށް ދާދި އަވަހަށް ކައިވެނިކުރެވިދާނެއެވެ. އެފުރުޞަތު ދެއްވަވަންދެން ކެތްތެރިވެލާށެވެ!

މިހިސާބުން އުފައްދާނެ ސުވާލަކީ ކެތްތެރިވެގެން ހުރެވިދާނެހެއްޔެވެ؟ ޖަވާބަކީ ޢާނއެކެވެ! އެކަމަށް މަސައްކަތްކުރުމުން ހުރެވޭނެއެވެ. ކެތްތެރިކަން ހޯދަން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވަވާނެތެވެ.

ކެތްތެރިވުން ކާމިޔާބުކުރަން ނޭނުންކުރަން އޮތް ފަރުވާއަކީ "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް އާޔަތަށް ވިސްނުމެވެ. ތިބާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިބާއަށް އުނިވާނީ ކޮންކަމެއް ހެއްޔެވެ؟

ދެން އޮތީ ކެތްތެރިވުމުން ދެއްވަވާނެ ޘަވާބެވެ! ނަމާދުކުރުމާއި ޒަކާތްދިނުމާއި އެެހންވެސް އަޅުކަންކުރުމުން ޘަވާބު ދެއްވަވާފަދައިން ކެތްތެރިންނަށްވެސް ޘަވާބު ދެއްވަވާނެތެވެ. އެހެނީ ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ކެތްތެރިންނަށް އިތުރުވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

އިންސާނުން އުފައްދަވާފައިމިވަނީ ހަވާ ނަފްސް އެދޭހައި ކަންކަން ކުރާކަށް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ. ވީމާ ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ފާފައަކަށް އަރައިނުގަނެ ކެތްތެރިކަން އިސްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ދެދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން