ބައިވެރިޔާގެ ގައިގަ ދުވަހަކު ނުޖެހިނަމަވެސް ހިތަށް އަނިޔާކުރާނަމަ ލިޔުއްވަވާނީ ހަމަ އަނިޔާކުރި އަނިޔާވެރިއެއް ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބައިވެރިޔާގެ ގައިގަ ދުވަހަކު ނުޖެހިނަމަވެސް ހިތަށް އަނިޔާކުރާނަމަ ލިޔުއްވަވާނީ ހަމަ އަނިޔާކުރި އަނިޔާވެރިއެއް ކަމަށް!

ތިއަކުރަނީ އަނިޔާކަމަށް ބުނެފިނަމަ ނުވަތަ އަނިޔާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެ ދައްކަނީ ތަޅައި އަނިޔާކުރުމުގެ ވާހަކަ ކަމަށެވެ. ޖިސްމާނީ އަނިޔާކުރުމުގެ ވާހަކަކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އަނެކާގެ ހިތަށް ކުރެވޭ އަނިޔާއެވެ.

މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޙަޔާތުގެ ބައިވެރިޔާގެ ގައިގައި ތަޅައި އަނިޔާ ނުކުރުމަކީ އަނިޔާ ނުކުރުމެއް ނޫނެވެ. އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ ޖިސްމާނީ އަނިޔާތަކަށްވުރެ މާބޮޑު އަނިޔާއެކެވެ.

މިއުންމަތުގެ 4 ވަނަ ޚަލީފާ ޢަލީ (ރޢ) ވިދާޅުވެފައިވާ ކަމަށް ބެލެވޭ ބަސްފުޅެއްގެ މާނައިގާ ވެއެވެ. "އިންސާނާގެ ހަށިގަނޑަށް ދެވޭ އެންމެ ބޮޑު އަނިޔާޢަކީ އެމީހެއްގެ ހިތަށް ކުރާ އަނިޔާއެވެ. އަދި ހިތަށް ކުރާ އަސަރު ނުއެނގޭ ބައަކާއިއެކު ދިރިއުޅެން ޖެހުމުން ލިބޭ އަނިޔާއެވެ."

ކަނޑިން ޖެހުމުން ހަށިގަނޑުގައި އުފެދޭ ފާރުގަނޑަށްވުރެ ދުލުން ބުނާ ބަސްތަކުން ދެވޭ އަނިޔާ މާބޮޑެވެ. ކަނޑިފާރު ފަސޭހަވި ނަމަވެސް ހިތުފާރު ފަސޭހަ ނުވާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ.

އެއްވެސް މީހެއްގެ، ޚާއްޞަކޮށް މައިން ބަފައިންނާއި ހަޔާތުގެ ބައިވެރިޔާގެ ހިތުގައި ޖެއްސުވުމަކީ އަނިޔާއެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން ރަނގަޅަށް އަޑުއަހާށެވެ! ހިތުގައި ޖެއްސުވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އާޚިރަތް ދުވަހުން ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ!

-އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން