ޢަރަފާތު ދުވަހު ރަސޫލް ޞޢޥ، އެތައް ގަޑިއިރެއްވަންދެން ދުޢާކުރެއްވެވި! ޢަޞްރާ މަޣްރިބާ ދެމެދު އަތް ތިރިކޮށް ނުލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢަރަފާތު ދުވަހު ރަސޫލް ޞޢޥ، އެތައް ގަޑިއިރެއްވަންދެން ދުޢާކުރެއްވެވި! ޢަޞްރާ މަޣްރިބާ ދެމެދު އަތް ތިރިކޮށް ނުލަމާ!

ލިޔުމުގައިވާ ޓްވީޓުގައިވާ ވީޑިއޯގައި ބުނެފައިވަނީ ޢަރަފާތު ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ 6ބ ގަޑިއިރު ވަންދެން ދުޢާ ކުރެއްވެވި ކަމަށެވެ. އަދި ވާރޭގެ ސަބަބުން އެއް އަތްޕުޅު ޖަމަލުކޮޅުން ނެއްޓިގެން ދިއައިރުވެސް އަނެއް އަތްޕުޅު އިންނެވީ އުފުއްލަވައިގެން ކަމަށެވެ. 

ޢަރަފާތު ދުވަހު ދުޢާކުރުން ގިނަކުރައްވާށެވެ! ޚާއްޞަކޮށް ޢަޞްރާއި މަޣްރިބާއި ދެމެދުގައެވެ. އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް އެދި ދުޢާކުރާށެވެ. 

އެދުވަހަކީ އެދުވަހެއްގައި އެންމެގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަސްކަމަށް ވާރިދުވެގެންވާ ދުވަހެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ.)  

މާނައީ: "ދުވަސްތަކުގެ ތެރެއިން اللهސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތިނުކުރައްވަތެވެ."

ވީމާ ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރާށެވެ! 

އެދުވަހަކީ އެދުވަހުގައި ކުރާ ދުޢާ އެންމެ ހެޔޮވެގެންވާ ދުވަހެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ(

މާނައީ: "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރާދުޢާއެވެ. ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ."

https://twitter.com/alifewithallah/status/1673431014729826306

 

މިއަދު އޮންލައިން