ދަތިޙާލުގައި ތިބޭ އަންހެނުންނަށް ފައިސާދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫން! ބިސްމަޅިލީމާ އެވެވެނީ މަކަރުވެރިއަކަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދަތިޙާލުގައި ތިބޭ އަންހެނުންނަށް ފައިސާދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫން! ބިސްމަޅިލީމާ އެވެވެނީ މަކަރުވެރިއަކަށް!: މުފްތީ މެންކް

ދަތިޙާލުގައި ތިބޭ އަންހެނުންނަށް ފައިސާދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. ޞަދަޤާތްކުރަންވީ އެކަނބަލުންގެ ހާލަތަށް ބަލައި ﷲ ތަޢާލާއަށްޓަކައެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ޞަދަޤާތް މިކުރެވެނީވެސް މުނާފިޤުން ފަދައިން ތިބެއެވެ. ބިސްމަޅިލެވެނީއެވެ. އެއިރުން އެވެވެނީ މަކަރުވެރިއަކަށެވެ.

އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓާލައި ﷲ ތަޢާލާ އެންގެވި ގޮތުގައި ހޭދަކުރާބައަކަށްވާށެވެ. ޞަދަޤާތްކުރުމުގެ މަތިވެރިކަމާއިބެހޭގޮތުން ކުޑަ ބަހެއް ބުނެލާނަމެވެ.

ޞަދަޤާތް ކުރުމުގެ ސަބަބުން ހަމަ އެކަކުވެސް ބަނގުރޫޓު ނުވާނެ ކަމުގެ ގަރަންޓީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވަވައިފައެވެ. މާނައަކީ ޞަދަޤާތްދީގެން މީހަކު ފަޤީރު ނުވާނެ ކަމެވެ. ވާނީ މުއްސަނދިކަމެވެ. ހިތާމައަކީ މިފަދަ ހަދީޘްފުޅުތަކަށް ވިސްނާ މީހުން މަދުކަމެވެ. އަމިއްލަ އެކައުންޓު ބޮޑުކުރަން ވިސްނާ މީހުން ގިނަކަމެވެ.

ތިމާއަށް މާލީ މުޞީބާތެއް ކުރިމަތިވާން އުޅޭކަން އިޙްޞާޞް ކުރެވުނު ނަމަވެސް ޞަދަޤާތްކުރުން އިތުރުކުރާށެވެ. މުޞީބާތުގެ ވަގުތަށް ކަމަށް ބަލައި ފޮރުވަން ނުހަދާށެވެ. ފަޤީރުވެދާނެ ދުވަހަކަސް ބިރު ނުގަންނާށެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. މާލީ ގޮތުން މުޞީބާތެއް ނުވަތަ ދަތިކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ވެގެން ހުރެ ޞަދަޤާތް ދިނުން އިތުރުކޮށްފި މީހަކަށް އެމީހަކު ހޭދަކުރި އަދަދު އެތައް ގުނައަކަށް އިތުރުވެގެން އަނބުރައި ލިބޭނެއެވެ. އެމީހަކަށް އެތައް ގުނައަކަށް އިތުރަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ދެއްވަވާފައިވާ ޔަޤީންކަމެކެވެ. އަހަރެން މިކުރާ ހަމައެކަނި ކަމަކީ އެ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން