ވަކިމީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ދުޢާކުރުމަކީ އަޞަބިއްޔަތަކަށް ނޫނީ ނުވާނެ! ދުޢާކުރަންވާނީ ޤައުމަށާ އިސްލާމް ދީނަށް: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވަކިމީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ދުޢާކުރުމަކީ އަޞަބިއްޔަތަކަށް ނޫނީ ނުވާނެ! ދުޢާކުރަންވާނީ ޤައުމަށާ އިސްލާމް ދީނަށް: ޝައިޚް ޝަފީޢު

ޙައްޖުގެ މާތް އަޅުކަމުގައްޔާއި ނަމާދުގައި ވެސް ދުޢާކުރާންވީ ޤައުމަށް ހެޔޮ ގޮތް މިންވަރުވުމަށެވެ. އިސްލާމީ އުންމަތަށް ހެޔޮ ގޮތް މިންވަރުވުމަށެވެ. ދިވެހި އުންމަތާއި އިސްލާމީ އުންމަތުގެ ޢަދުއްވުންނާއި ދުޝްމަނުންގެ ރޭވުންތަކުން ދުރުކުރެއްވުމަށެވެ. އަދި އެބައިމީހުންނަށް އަހަރެމެންގެ ތެރެއިން ވާގިވެރިވާ، ދުނިޔެވީ އެދުމަށް ފޯވެފައިވާ މީހުންގެ ކިބައިން އުންމަތް ސަލާމަތްކުރެއްވުމަށެވެ.

ވަކި މީހަކަށް ވަކި ޕާޓީއަކަށް ދުޢާކުރުމަކީ ޢަޞަބިއްޔަތަށް ނޫނީ ނުވާނެއެވެ. އެއީ އިޚްލާޞްތެރިކަން ނެތި ކޮށްލާނޭ ކަމެކެވެ. އޭގެ ބަދަލުގައި އުންމަތަށް ހެޔޮ ގޮތް ވުމަށް، އުންމަތަށް ރަނގަޅު ގޮތް ވުމަށް، އުންމަތަށް ރަނގަޅު ވެރީންތަކެއް މިންވަރުކުރެއްވުމަށް އެދި ދުޢާކުރާންވީއެވެ. އެހެނީ، އަޅުގަނޑުމެންގެ މައްޗަށްވާ އެންމެ ހެޔޮ ގޮތް ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ކަށަކުޅަދުންވަންތަ މާތް ﷲއެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން