އަނބިދަރިންނާ ޢާއިލާގެ މީހުން ހިތްދަތިކޮށް ނިކަމެތިކުރާ މީހާއަށް އަބަދު އުފަލުގަ ހުންނާކަށް ފުރުޞަތެއް ނުދެއްވަވާނެ! އެމީހަކު ހިއްޕަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބިދަރިންނާ ޢާއިލާގެ މީހުން ހިތްދަތިކޮށް ނިކަމެތިކުރާ މީހާއަށް އަބަދު އުފަލުގަ ހުންނާކަށް ފުރުޞަތެއް ނުދެއްވަވާނެ! އެމީހަކު ހިއްޕަވާނެ!: މުފްތީ މެންކް

ދީނީ ޢިލްމުވެރިންނާއި ކިތަންމެ ދުރުގައި އުޅޭ މީހުންވެސް އެމީހުންނަށް ހިތްދަތިޙާލަތާއި މުޞީބާތްތައް ކުރިމަތިވުމުން ޢިލްމުވެރިންގެ އަރިއަހަށް ގޮސް ލަފާ ހޯދައެވެ. އެހިނދު ގިނަ ޢިލްމުވެރިން ވިދާޅުވާނީ ކެތްތެރިވެލުމަށާއި އަޅުކަންކުރުން ގިނަކުރުމަށެވެ. ނަމާދުތަކަށް ރައްކައުތެރިވެ ޤުރްއާން ކިޔެވުން ގިނަ ކުރުން ފަދަ ހެޔޮ ޢަމަލުތައް ކުރުމަށެވެ. 

އަހުރެންގެ ވިސްނުމުގައި އެވަރަކުން އަދި ނުފުދޭނެއެވެ. އެބޭކަލުން އެގޮތަށް އެވިދާޅުވަނީ އެމީހަކު ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ. ޙަޤީޤަތަށް ބަލައިފިނަމަ ފުރަތަމަވެސް ކުރަންޖެހޭނެ ސުވާލުތަކަކީ ތިބާ އެއްވެސް މީހަކަށް އަނިޔާވެރިވިން ހެއްޔެވެ؟ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރަންހެއްޔެވެ؟ 

ކައިވެނިކޮށްގެން ހުރި މީހަކު ނަމަ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭ މިންވަރާއި އެމީހުންނަށް ލޯބިދީ އަޅައިލާ މިންވަރާއި މެދުގައިވެސް ސުވާލުކުރަންވާނެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި ޢާއިލީ ގުޅުންތައް ދަމަހައްޓަންތޯވެސް ސުވާލުކުރަންވާނެއެވެ. 

އެހެނީ މިކަންކަން ފުރިހަމަ ނުކުރާނަމަ އެމީހަކު އަބަދު އުފަލުގައި ހުރުމަކަށް ﷲ ތަޢާލާ ދުލެއް ނުކުރައްވަޥާނެއެވެ. ކޮންމެވެސް ހިސާބަކުން އެމީހަކު ހިއްޕަވާނެއެވެ. ހިތްދަތިކަންވެސް އަދި އެހެން ތަކްލީފްތައްވެސް މިންވަރުކުރައްވަވާނެތެވެ. 

ވީމާ ތިމާއަށް ކަމެއް ޖެހިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް މިބަޔާންކުރި ކަންކަން ތިމާއަށް ކުރެވޭ ގޮތާއި ކުރެވޭ މިންވަރާއިމެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ވަކިން ޚާއްޞަ ގޮތެއްގައި އަނބިދަރިންނަށާއި ޢާއިލާގެ މީހުންނާއިމެދު ކަންކަން ކުރެވޭ ގޮތާއިމެދު ވިސްނައިލާށެވެ! އުފަލުގައި ހުންނަން ބޭނުންވާނަމަ އެކަންކަން އިޞްލާޙްކޮށްލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން