މުސްލިމުންގެ ތެރޭގައި ބައަކުވެއެވެ. އެމީހުން ކަތިލާފައި އޮންނަ ކުކުޅެއް ގަންނަނަމަ އެކަތިލި ތަނަކާއި ކަތިލި ގޮތަކާއި އަދި ކަތިލި މީހަކާއި މިފަދަ ހުރިހާ ކަންކަން ބަލަން ބޭނުންވެއެވެ. އެއީ އެކުކުޅު ކަތިލާފައިވަނީ ޙަލާލް ގޮތުގައިކަން ޔަޤީންކުރުމަށެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މުސްލިމުންނަށް ކާން ހުއްދަވެގެންވަނީ ޙަލާލް ގޮތުގައި ކަތިލެވޭ ތަކެތިކަމަށްވާތީއެވެ.
މައްސަލަ ނުކުންނަ ހިސާބަކީ އޭނާ ކުކުޅުނ ގަންނަން ގެންދިއަ ފައިސާ ހޯދި ގޮތެކެވެ. އެއީ ރިބާގެ ފައިސާ ކަމަށްވުމަކީ މައްސަލައަކަށް ނުވެއެވެ. މީހުންނަށް މަކަރުހަދައިގެން، ނޫނީ ވައްކަންކޮށްގެން ނޫނީ އެނޫންވެސް ޙަރާމް ގޮތަކުން ހޯދި ފައިސާއަކަށްވުމަކީ މައްސަލައަކަސް ނުވެއެވެ.
ﷲ ތަޢާލާގެ ނަންފުޅު ކިޔައި ޙަލާލު ގޮތުގައި ކަތިލާފައިވާ ކުކުޅަކީ މުސްލިމުންނަށް ކެއުން ޙަލާލު އެއްޗެކެވެ. އަހުރެންގެ ފުރަތަމަ ސުވާލަކީ އެއެއްޗަކީ ހަމައެކަނި ކެއުން ޙަލާލު އެއްޗަކަށްވުމުން އެއެއްޗެއް ޙަލާލުވެ ނިމޭހެއްޔެވެ؟ އެހެންވެ އަހުރެންގެ ދެވަނަ ސުވާލަކީ ޙަރާމް ފައިސާއަށް ގަނެގެން ޙަލާލް ކުކުޅެއް ކެއުމުން އެކުކުޅު އޭނާއަށް ޙަލާލްވާނެހެއްޔެވެ؟
ވީމާ ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ ތިމާ މިބޭނުންކުރަނީ ޙަލާލު ގޮތުގައި ހޯދާފައިހުރި ފައިސާކަން ނޫންހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއަށް ކިތަންމެ ޙަލާލު އެއްޗެއް ގަނެގެން ކެއިނަމަވެސް އެއްޗެއް އެމީހަކަށް ޙަލާލުނުވާނެކަން ހަމަނުއެނގެނީ ހެއްޔެވެ؟
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން