އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބިގެން ކަންބޮޑުވާން ނުޖެހޭނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބިގެން ކަންބޮޑުވާން ނުޖެހޭނެ މަގު-: މުފްތީ މެންކް

ދަތިޙާލަތެއް ކުރިމަތިވުމުން އެކުވެރިން އެހީނުވުމުން ނުވަތަ ލިބުނު ހިތާމައިގައި ބައިވެރިނުވުމުން ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ދުލުންވެސް ހިތުންވެސް ޝަކުވާކުރެވޭނެއެވެ. ބައެއް މީހުން ދުލުން ޝަކުވާނުކުރި ނަމަވެސް ހިތުން ޝަކުވާވެސް ކުރެވޭނެއެވެ. އެކަމާއިދެރަވެސްވާނެއެވެ.

މިކަމުގައި ވިސްނައިލަން އޮތް ކަމަކީ އެއެކުވެރިންނަށް ކަމެއް ޖެހުމުން ތިމާ އެމީހުންނަށް އެހީތެރިވެދޭ މިންވަރެވެ. އެކަންކުރަންވީ އެމީހުން ތިމާއަށް އެހީތެރިވާނެ ކަމަށް ބަލައިގެނެއް ނޫނެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. އެކަންކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާތީއެވެ.

ކިތަންމެ ގިނަ ބައަކަށް އެހީވިނަމަވެސް ތިމާއަށް ކަމެއްޖެހޭ ދުވަހު އެހީތެރިވާނެ މީހުން މަދުވާނެއެވެ. ނަމަވެސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ތިބާ އެއްވެސް މީހަކަށް އެހީތެރިވެފައިވާނަމަ އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންބވެއެވެ. ތިބާއަށް ހެޔޮ ރަޙްމަތް ލައްވަވައެވެ. ވީމާ މީހަކު އެހީނުވިނަމަވެސް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެމީހަކަށްލިބިގެންދާނެއެވެ. އެއރުން މީހަކު އެހީތެރިނުވިނަމަވެސް ތިބާގެ ބޭނުންތައް ފުދިގެންދާނެއެވެ. އިން ޝާ ﷲ

ވީމާ އެހެން މީހަކު އެހީތެރިނުވެގެން ކަންބޮޑުވާން ނުޖެހޭނެ މަގު މިއޮތީ ފެންނާށެވެ! އެމަގުން ކުރިއަށްދާށެވެ! އެއިރުން އެހެން މީހަކު އެހީތެރިނުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

ވިސްނާށެވެ! ކޮންމެ އެކުވެރިއަކީ ތިބާއާއިއެކު އަބަދު ހުންނާނެ މީހެއް ނޫނެވެ. ދަތިކަމެއް ކުރިމަތިވުމުން އެހީތެރިވެދޭނެ މީހެއްވެސް ނޫނެވެ. ސަބަބަކީ ދުނިޔަވީ ކޮންމެވެސް ސަބަބަކަށްޓަކައި އެކުވެރިވެގެން އުޅޭ ބައަކު ކޮންމެ މީހަކާއިވެސް އެކުގައި އުޅޭނެއެވެ. އެކުވެރިން ގެންގުޅެންވާނީވެސް މިކަންކަން ދަނެހުރެގެންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން