ހައިޟުވެ ބަނޑަށް ތަދުވާނަމަ ގޭގައި ކުރެވިދާނެ ބައެއްކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ހައިޟުވެ ބަނޑަށް ތަދުވާނަމަ ގޭގައި ކުރެވިދާނެ ބައެއްކަންކަން-

- އުންމު ނަވާރު - 

 

ހައިޞުގެ ދުވަސްވަރަކީ ގިނަ އުޙްތުންނަށް ވަރަށް އުނދަގޫ ދުވަސްވަރެކެވެ. ތަފާތު އެކި ކަހަލަ އުނދަގޫތަކާއި ގިނަ އުޙްތުން ކުރިމަތިލާން ޖެހެއެވެ. އެގޮތުން އެންމެ އާންމު އެއްކަމަކީ ބަނޑަށް ތަދުވުމެވެ. ނަމަވެސް ހިތާމައަކީ ހައިޟުވުމަކީ އެއީ ޤުދުރަތީ ގޮތުން ކޮންމެ އަންހެނަކަށްވެސް ދިމާވާނޭ ކަމެއް ކަމަށް ބުނެ، ހައިޟުގެ ދުވަސްވަރު އަންހެނުން ތަހައްމަލު ކުރަމުންދާ ވޭންތަކާއި މެދު ފަރުވާ ކުޑަކުރެވޭކަމެވެ. ހައިޟުގެ ދުވަސްވަރު އެހެން ދުވަސްތަކަށް ވުރެން ބޮޑަށް އަންހެނުންނަށް އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެއެވެ. 

ހައިޟުގެ ދުވަސްވަރު އެކި އުޙްތުން ތަހައްމަލު ކުރަމުންދާ ތަދާއި ވޭން ތަފާތެވެ. ބައެއް ހައިޟުތަކުގައި ވޭން ބޮޑުވެގެން ދެއެވެ. ހައިޟުގެ ދުވަސްވަރު ތަދު އަންނަނީ މައިގަނޑު ދެކަމަކާއި ގުޅިގެންނެވެ. ފުރަތަ ކަމަކަށް ހައިޟުގެ ދުވަސްވަރު ތަދު އަންނަނީ ރަހިމުގެ މަސްތައް ކޮންޓްރެކްޝަންސް ( ކުރު ، ފިތިގެން ) ވެގެން ހަށިގަނޑުން ރިލީސްކުރާ ( ނިކުންނަ) ޕްރޮސްޓަގްލޭންޑިން ނަމަކަށް ކިޔާ ކެމިކަލެއްގެ ސަބަބުންނެވެ.  ދެވަނަ ކަމަކަށް ހައިޟުވެގެން މާ ބޮޑަށް ތަދު އަންނަނީ އަންހެނާގެ ދަރިމައިވުމާއި ގުޅޭ ގުނަވަނަށް ކުރިމަތިވާ ޑިސްއޯޑަރ ނުވަތަ އިންފެކްޝަންއެއްގެ ސަބަބުންނެވެ. މިތަނުން އެންމެ އާންމު ވައްތަރަކީ ފުރަތަމަ ބުނެވުނު ވައްތަރެވެ. ދެވަނަ ވައްތަރު ކުރިމަތިވަނީ ސިއްހީ މައްސަލައެއް ހުރުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން ބައެއް ކަންތައްތައް ކުރުކޮށް ބަޔާން ކޮށްލާނަމެވެ.

ފައިބްރޮއިޑްސް : ރަހިމުގެ ވަށައިގެން އުފެދޭ އާންމުކޮށް ކެންސަރަށް ބަދަލުނުވާ ޓިއުމަރުތަކެކެވެ. މީގެ ސަބަބުން ހައިޟުވުމުން ވަރަށް ބޮޑަށް ބަނޑަށް ތަދުވާނެއެވެ.

އެންޑޯމެޓްރިއޯސިސް: ރަހިމުގައި ހުންނަކަހަލަ ޓިޝޫތަކެއް ދަރިމައިވުމާއި ގުޅޭ އެހެން ބައިތަކުގައި ބިސްރަވަ( އޯވަރީ)، ފެލޯޕިއަން ޓިއުބް ފަދަ ތަންތާގައި އުފެދުމުން ކިޔާ ނަމެކެވެ. މިއީ ވަރަށް ވޭން އަޅާ ކަމެކެވެ. 

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް: އަންހެނުންގެ ދަރިމައިވުމުގެ ގުނަވަންތަކުގެ ހުރިހާ ބައިތަކެއް (ރަހިމު، ފެލޯޕިއަން ޓިއުބް އަދި ބިސްރަވަ) އިންފެކްޓްވެ ދުޅަވުމުގެ ސަބަބުން ހައިޟުވުމުން ވަރަށް ވޭން އަޅާނެއެވެ.   

ހައިޟުގެ ދުވަސްވަރު ބަނޑަށް ތަދުވާނަމަ ކުރެވިދާނެ ބައެއް ކަންކަން: 

1. ކުނޑި ކެއުން ގިނައިން ނުކެއުން :

2. ބައެއް ކަހަލަ ކާތަކެތި ކެއުމުން ބަނޑަށް ތަދުވުން ބޮޑުވާކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އޭގެ ތެރޭގައި ހަކުރާއީ ހަކުރު އެކުލެވޭ ކާތަކެއްޗާއި ލޮނު ކާތަކެއްޗާއި ސަޔާއި ކޮފީވެސް މި ލިސްޓުގައި ހިމެނެއެވެ. ހައިޟުގެ ދުވަސްވަރު މިތަކެތި ކެއުމުން ބަނޑަށް ތަދުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. 

3. ހޫނު ފެން ހަން ބަނޑުގައި އެޅުން:

4. ހައިޟުވެ ބަނޑަށް ތަދުވާތީ ރިހުން ކުޑަކޮށްދޭ ބޭސް ކެއުމުގެ ބަދަލުގައި ހޫނު ފެން ހަން ބަނޑުގައި އެޅުމުން ވަރަށް ގިނަ އުޙްތުންނަށް ރިހުން ކުޑަވެގެންދެއެވެ. އަދި ބޭސް ބޭނުން ކުރުމުން ކުރިމަތިވާ ސައިޑް އެފެކްޓުތަކުން ( ބޭސް ބޭނުން ކުރުމުން ބައެއް ފަހަރު ދިމާވާ އުނދަގޫތަކުން) އޭރުން ސަލާމަތް ކޮށްދޭނެއެވެ. މިކަމަކީ އިތުރަށް ތަހުގީގު ކުރަން ޖެހިފައިވާ ކަމެއްކަމަށް ބުނެވެއެވެ. 

3. ކަސްރަތުކުރުން:

ހައިޞު ދުވަސްވަރު ކަސްރަތު ކުރުމަކީ ގިނަ އުޙްތުނަށް އުނދަގޫ ކަމަކަށްވެދާނެއެވެ. ނަމަވެސް ކަސްރަތު ކުރުމަކީ ހައިޞުގެ ތަދު ފިލުވައިދޭ ކަމެކެވެ. ލުއި ކަސްރަތުތައް ކޮށްލާށެވެ. މޫދުގައި ކުޑަކޮށް ފަތާލައި، ހިނގާލާން ނިކުމެ ހަދާލާށެވެ. ކަސްރަތު ކުރުމުން ތަދުފިލުވަދެނީ، ތަދު ކަނޑުވާލައިދޭ ކެމިކަލްއެއް ހަށިގަނޑުގައި އުފައްދައިދޭ މިންވަރު ކަސްރަތު ކުރުމުން އިތުރު ކޮށްދޭތީއެވެ. 

5. ބަނޑު މަސާޖްކުރުން: ( އުނގުޅާލުން )

6. ބަނޑުގެ ވަށައިގެން ލުއި، ސާކިއުލާ މަސާޖެއް ( ވައްކޮށް އުނގުޅާލުން) ކޮށްލާށެވެ. މިއީ އިތުރު މަސައްކަތަކާ ނުކައި ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ހައިޟު ދުވަސްވަރު ކުރިމަތިވާ ތަދު ކުޑަކޮށްދޭނެއެވެ.

5. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން: މިދުވަސް ތަކުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް އިރުރަށް ސަމާލުކަށްދޭން ޖެހޭނެއެވެ. މިދުވަސްތަކުގައި ރަނގަޅަށް ނުކެވޭނަމަ ހަކަތަ ވަރަށް ފަސޭހައިން ދެރަ ކޮށްލާނެއެވެ.

މަތީގައި ބަޔާން ކޮށްފައި ހުރި ކަންތައްތައް ކުރުމުމުންވެސް ތަދު ކުޑަ ނުވާނަމަ ޑޮކްޓަރަށް ދައްކާލަން ވާނެއެވެ. ބައެއް ހާލަތް ތަކުގައި ހައިޟުވުމުން އެތަދުވަނީ ކުރިން ބަޔާން ކުރެވުނު ކަހަލަ ސިއްހީ މައްސަލައެއް އުޅޭތީ ކަމަށްވުން އެކަށީގެންވެއެވެ. 

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންދޭ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ. 

ލިޔުނީ: އުންމު ނަވާރު 

Khan, Dr.A.M. (2023) 7 home remedies to relieve Menstrual Cramps, eMediHealth. Available at: https://www.emedihealth.com/womens-health/menstrual-health/home-remedies-relieve-menstrual-cramps.

Pal, D.A. (2022) Effective home remedies for period pain, PharmEasy Blog. Available at: https://pharmeasy.in/blog/home-remedies-for-period-pain/.

Rodrigo, A. (2022) Is menstrual pain normal? remedies to relieve period pain, inviTRA. Available at: https://www.invitra.com/en/painful-menstrual-periods/.

 

 

 

 

        

 

މިއަދު އޮންލައިން