މުސްލިމުންގެ ޙަޤީޤީ ޢީދު ފެށިގެންދާނީ ސުވަރުގެ ވަދެވުމުން! ޢީދުތައް ފާހަގަކުރަންވާނީ ސުވަރުގެ ވަނުމަށް ހުރަސް ނޭޅި ސުވަރުގެ ވަންނަން މަގުފަހިވާ ގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މުސްލިމުންގެ ޙަޤީޤީ ޢީދު ފެށިގެންދާނީ ސުވަރުގެ ވަދެވުމުން! ޢީދުތައް ފާހަގަކުރަންވާނީ ސުވަރުގެ ވަނުމަށް ހުރަސް ނޭޅި ސުވަރުގެ ވަންނަން މަގުފަހިވާ ގޮތަށް!

އަހުރެމެން މުސްލިމުންނަކީ ދީނީ ދަރުސަކަށް ދިއަ ނަމަވެސް ކައިވެނީގެ ޙަފްލާއަކަށް ދިއަނަމަވެސް އަދި އެނޫން އެއްވުމަކަށް ދިއަ ނަމަވެސް އަނހެނުންނާއި ފިރިހެނުން ވަކިވަކިން ތިބޭ ބައަކީމުއެވެ. މާނައަކީ ދެބައިމީހުން ތިބެނީ މަސްހުނިވެގެނެއް ނޫނެވެ. 

އަހުރެން ހަނޑާންކޮށްލައިދޭން މިއުޅެނީ ވަރަށް ބޮޑު ކަމެކެވެ. މި ތަނުގައި ދެބައިމީހުން ވަކިން ތިބެފައި ބޭރަށް ނުކުތުމަށްފަހުގައިވެސް އަހުރެމެންނަކީ ހަމަ މުސްލިމުންނެވެ. މަސައްކަތްކުރަނީ ﷲ ތަޢާލާ އަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ސުވަރުގެދާށެވެ. 

އަހުރެން މިބުނަނީ ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައިވެސް މިކަން ވަރަށް ރަނގަޅަށް ހަނދާނުގައި ބެހެއްޓުމަށެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަންވީ ބައަކަށް ފެންނާނެތީއެއް ނޫނެވެ. މީސްތަކުން ނަފްރަތުކޮސްފާނެތީއެއް ނޫނެވެ. އަދި ވަކި ޘަޤާފަތަކަށް ޢަމަލުކުރަންވެގެނެއްވެސް ނޫނެވެ. 

ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް ﷲ ތަޢަލާއަށް ބިރުވެތިވެ ﷲ ތަޢާލާގެ މަގުގައި ޢަމަލުތައް ބަހައްޓަންވީ ﷲ ތަޢާލާގެ ޙަޟްރަތުން ރުއްސެވުމާއި ފުއްސެވުން އެދިގެންނެވެ. ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ މިންވަރުކުރެއްވެވުން އެދިގެންނެވެ. 

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ! ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ބީހި އުޅުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އެކަން ވަނީ ނަހީކުރައްވަވައިފައެވެ. ވީމާ ޢީދެއް އައިސް ބައްދަލުކުރުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި އެހެން ގޮތްގޮތަށް އުޅުން ހުއްދަވާ ސަބަބެއް ނޫނެވެ. ޢީދުގައިވެސް އޮތީ ހަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުތައް ކުރުމެވެ. 

އަހުރެމެން ދުނިޔޭގައި ޢީދުތައް ފާހަގަކުރިނަމަވެސް މުސްލިމުންގެ ޙަޤީޤީ ޢީދު ފެށިގެންދާނީ ސުވަރުގެ ވަދެވުމުންނެވެ. ވީމާ ދުނިޔޭގައި ޢީދުތައް ފާހަގަކުރަންވާނީ ސުވަރުގެ ވަނުމަށް ހުރަސް ނުއެޅޭނެ ގޮތަށެވެ. އެހެންކަމުން ޢީދުގައި ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަޥާނެ މަގުންނެވެ. އެއިރުން ޢީދު ފާހަގަކުރަން ކުރެވޭ ކަންކަންވެސް ވެގެންދާނީ ކުރެވޭ އަޅުކަމަކަށެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން