ގެއްލުނު ނިޢްމަތަށްވުރެ މާފުރިހަމަ ނިޢުމަތެއް ހޯދަން ޢަމަލުކުރަން އޮތް މަގު- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގެއްލުނު ނިޢްމަތަށްވުރެ މާފުރިހަމަ ނިޢުމަތެއް ހޯދަން ޢަމަލުކުރަން އޮތް މަގު- ޤުރްއާނުން

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. 

"-- ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށްވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އަލް އަންފާލް: 70) 

ﷲ ތަޢާލާ މިމޭރުމުން ވަޙީކުރައްވަވާފައިވަނީ ހަނގުރާމައިގާ ހައްޔަރުވި އަސީރުންނާއިމެދުގައެވެ. އެހެނަސް މި ބަސްފުޅުގެ މާނަ އެހައި ހަނިނުކުރާށެވެ! ޔަޤީންކުރަންވީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކިތަންމެ ގިނަ މުދައު ނުވަތަ އެހެންވެސް ނިޢުމަތެއް ގެއްލުނު ނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެމީހަކު އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދާ މީހަކުނަމަ ގެއްލުނު ކަންތައްތަކަށްވުރެން މާފުރިހަމަ ނިޢުމަތްތައް އެމީހަކަށް ދެއްވަވާނެ ކަމެވެ. 

ކޮންމެ ސަބަބެއް މެދުވެރިވެގެންވެސް ގެއްލިގެންދާނީވެސް ﷲ ތަޢާލާ ދެއްވެވި ނިޢުމަތްތަކެވެ. ވީމާ އެއަސްވުރެ މާފުރިހަަމ ނިޢްމަތްތަކެއް ފަހުން ދެއްވަވާނީވެސް ހަމަ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އެއްވެސް ނިޢުމަތެއް ލިބޭނީ ހަމަ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. 

ވީމާ ކިތަންމެ ބައިވަރު މުދައުތަކެއް ނުވަތަ އެނޫންވެސް ނިޢްމަތެއް ގެއްލިއްޖެ ނަމަ އަލުން އަނބުރާ ހޯދަން މަސައްކަތްކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ކިޔަމަންތެރިކަން އިތުރުކުރުމަށެވެ. އެއިރުން އެމީހަކަށް މާފުރިހަމަ ނިޢްމަތްތައް ދެއްވަވާނެ ކަމަށް ޝައްކުވެސް ނުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން