ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ގޮންޖަހައި ޓައިޓޭނިކް ކައިރިއަށް ދާން ފުރި ސަބްމެރީނުން މިހާރުވެސް އެއިވެނީ ކޮން ބިރުވެރި އަޑެއް؟ ކުރިމަތިލާންޖެހުނީ ﷲ ތަޢާލާގެ ކޯފާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ގޮންޖަހައި ޓައިޓޭނިކް ކައިރިއަށް ދާން ފުރި ސަބްމެރީނުން މިހާރުވެސް އެއިވެނީ ކޮން ބިރުވެރި އަޑެއް؟ ކުރިމަތިލާންޖެހުނީ ﷲ ތަޢާލާގެ ކޯފާއަށް!

ޙަދީޘްފުޅުގައިވަނީ ﷲ ތަޢާލާ ކޯފާ ލައްވަވައިފި ތަނަކާއި ދުރުހެލިވުމަށެވެ. އެތަނުގައި މަޑުކޮށް ކަންކަން ހޯދައި ނުއުޅުމަށެވެ. 

ﷲ ތަޢާލާއަށް ގޮންޖަހައި އުފެއްދި އުޅަނދު ޓައިޓޭނިކަށް ﷲ ތަޢާލާ ވަނީ ކޯފާ ލައްވަވައިފައެވެ. އެ އުޅަނދު އަޑީގައި އެވަނީ މީސްތަކުންނަށް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމަށެވެ. އެއީ މޮޅު އެއްޗަކަށްވެގެން އެއަށް ޑައިވްކޮށް ކަންކަން ބަލައި ހޯދާކަށް ނޫނެވެ. ކިތަންމެ ވަރަކަށް ހޯދަން އުޅުނިއްޔާ އިތުރަށް އެނގޭނީ ކޮންކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް އިތުރަށް އެނގުނިއްޔާ އެނގޭނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. 

ޓައިޓަންގެ ނަމުގައި ސަބްމެރީނެއް އުފައްދައި ދުނިޔޭގައިތިބި އެންމެ ތަނަވަސް މީހުންގެ ތެރެއިން ބައަކު އެސަބްމެރީނުގައި ދިއައީވެސް ﷲ ތަޢާލާއަށް ގޮންޖަހާފައެވެ. އެ އުޅަނދަށް އެއްވެސް ކަމެއް ނުވާނެ ކަމަށާއި އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެފައެވެ. އެކަމަކު ކަންތައްތައްވީ ކިހިނެއްހެއްޔެވެ؟ ގެއްލުނީއެވެ. ފެނުނީއެވެ. ދަތުރުކުރި 5 މީހުން މަރުވީއެވެ. 

އެސަބްމެރީން ހޯދައި އެއިގެ ކަންތައްތައް ދެނެގަންނަން މަސައްކަތްކުރާ މީހުން ބުނަނީ ކޮންމެ 30 މިނިޓަކުން އެއުޅަނދުން އާދައާޚިލާފް އަޑުތަކެއް އިވޭކަމަށެވެ. ކޮންމެވެސް އެއްޗެއް އެއިގެ ތަންތަނުގައި ބާރަށް ޖެހޭ އަޑެވެ. ސުވާލަކީ އެއީ ކޮންތަނަކުން އަންނަ އަޑެއް ހެއްޔެވެ؟ އެއަޑު އަދިވެސް ތަކުރާރުވަމުން އެދަނީ ކީއްވެގެން ހެއްޔެވެ؟ 

ޖޫން މަހުގެ 22 ވަނަ ދުވަހު މި ކާރިސާ ހިނގުމުން އެމެރިކާ އާއި އެހެން ޤައުމުތަކުން ވަނީ ސަބްމެރިން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފައެވެ. އެކަމަކު ނުފެނި ލަސްވީ ކީއްވެގެންކަމާއިމެދުވެސް ވިސްނައިލުން ރަނގަޅެވެ. 

ﷲ ތަޢާލާއަށް ގޮންޖަހާ މީހުންނަށް ޢިބްރަތަކަށް މިފަދަ ކަންކަން ﷲ ތަޢާލާ ދައްކަވަތެވެ. އެކަމަކުވެސް ބަލައިގަންނަން ބޭނުން ނުވަނީއެވެ. މިހިރަ މިހިރަ ކަންކަމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އަދި ކުފުރުގެ ބަސްތައް ބުނެ ކަންކަންކުރާ ކޮންމެ މީހަކަށް ވަޤުތުން ކޯފާ ނުލައްވަވާކަން އެއީ އެމީހަކު ހިތަށް އެރިހައި ބަހެއް ބުނެ އުޅޭނެހައި ގޮތަކަށް އުޅެން ހުއްދަ ކުރެއްވެވުމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ތެރެއިން ހިނގަމުން އަންނަ ކަންކަމެވެ. 

އަދިވެސް ބުނެފާނަމެވެ. އެއްވެސް މީހަކު ދަތުރުހަދައިގެން އުފާކުރަން ނުވަތަ ހިތްހަމަޖައްސަން ޤަބުރުސްތާނަކަށް ނުދާނެއެވެ. ވީމާ އެތައްހާސް ބައެއްގެ ފުރާނަ ދިއަ ޓައިޓޭނިކަކީ އުފާކުރަންދާ ތަނަކަށް ހަދަން މިއުލެނީ ކީއްކުރަން ހެއްޔެވެ؟ 

މިޙާދިސާގައި މަރުވި 5 މީހުންގެ ތެރޭގައި މިކަންކަން ޕްރަމޯޓްކުރާ ކުންފުނީގެ ސީއީއޯވެސް ހިމެނެއެވެ. ދަތުރަށް ފުރިހަމަ ޔަޤީންކަން ލިބިފައިނުވާނަމަ އޭނާ އެ ދަތުރުގައި ބައިވެރިވާނެ ހެއްޔެވެ؟ ދެން ނިކަން ބުނެބަލާށެވެ! ތިއަ ބުނާ އެއްވެސް ބާރެއް ނެތް ކުފުރުގެ ބަސްތަކަށް އޮތީ ކޮން ބުރަދަނެއް ހެއްޔެވެ؟ 

ގުޅުންހުރި ބީބީސީގެ ލިޔުމެއް:

https://www.bbc.com/news/world-65972610

 

 

 

 

މިއަދު އޮންލައިން