ރިޒުޤް ތަނަވަސްވިޔަނުދީ ހިފެހެއްޓުމަށް ހަދާފައި ހުންނަ ސިޙުރު ބާޠިލްކުރުމަށް ކިޔަވަންވީ އާޔަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
ރިޒުޤް ތަނަވަސްވިޔަނުދީ ހިފެހެއްޓުމަށް ހަދާފައި ހުންނަ ސިޙުރު ބާޠިލްކުރުމަށް ކިޔަވަންވީ އާޔަތްތައް-

ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި މަސައްކަތްކުރުމުންވެސް ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިނާރާނަމަ ނުވަތަ މަޤާމުގެ ކުރިއެރުން ނުލިބޭނަމަވެސް ރުޤްޔާކުރާ މީހެއްގެ ލަފާހޯދައިލުން ބުއްދިވެރިއެވެ. އެކަން ކުރެވެން ނެތްނަމަ މިބަޔާންކުރާ އާޔަތްތައް އަމިއްލައަށް ކިޔަވަމުން ގެންދާށެވެ. 

އެކަން މެދުވެރިވެފައިވަނީ ރިޒުޤް ތަނަވަސްވިޔަނުދީ ހިފެހެއްޓުމަށް ހަދާފައި ހުރި ސިޙުރަކުން ކަމަށްވާނަމަ ސިޙުރު ބާޠިލްވާނެތެވެ. އިން ޝާ ﷲ 

﴿6﴾ ۞ وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ 

" ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒުޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.

[هود:6] 

﴿30﴾ إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا 

" ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ." [الإسراء:30] 

﴿22﴾ وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ 

" އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާހާ ކަމެއް (ގެއަމުރުފުޅު) އުޑުގައިވެއެވެ." 

﴿23﴾ فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ 

" ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ ޙައްޤު ތެދުކަން ކަށަވަރެވެ." [الذاريات:22-23] 

﴿2﴾ مَّا يَفْتَحِ اللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ ۚ وَهُوَ الْعَزِيزُ الْحَكِيمُ 

" މީސްތަކުންނަށްޓަކައި ﷲއެއްވެސް ރަޙްމަތެއް ހުޅުއްވަވާނަމަ، ފަހެ، އެ ރަޙްމަތް ހިފަހައްޓާނެ މީހަކު ނުވެތެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެތެވެ. އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." [فاطر:2] 

މިއާޔަތްތަކުގެ އިތުރަށް އައްޟުޙާ ސޫރަތް ކިޔަވާށެވެ! 

މިފަދަ ކަމަކާއި ގުޅިގެންވެސް އެކަންކުރީ ކާކުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް  ޔަޤީން ނުކުރެވޭނަމަ، ޝައްކެއް ނެތް މިންވަރަށް ޘާބިތު ނުވާނަމަ އެއްވެސް މީހަކަށް ޝައްކު ނުކުރާށެވެ! އެއިރުން އެކުރެވެނީ ބޮޑުފާފައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން