ދުނިޔޭގައި ތަނަވަސްކަން ދެއްވަވައިފިނަމަ އެމީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުނިޔޭގައި ތަނަވަސްކަން ދެއްވަވައިފިނަމަ އެމީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހެއް ހެއްޔެވެ؟

ދުނިޔޭގައި ގިނައީ ދަތިޙާލުގައި އުޅޭ ފަޤީރުންނެވެ. ނަމަވެސް ތަނަވަސްކަން ލިބިގެންވާ އެތައް ބައިވަރު ބައަކުވެސް އެބަ އުޅެއެވެ. އެހެންވެ ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތަނަވަސްކަން ލިބެނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންނަށް ކަމަށެވެ. 

މިއީ އެންމެ ނުބައި އެއް ވިސްނުމެވެ. އެހެނީ ކީރިތި ޤުރްއާނުގައި ހުރި ވާހަކަތަކަށް ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާ ކޯފާ ލެއްވެވި ޤައުމުތަކަށް ކަންކަން މެދުވެރިކުރެއްވެވި ގޮތަށެވެ. އެމީހުންނަށް ތަނަވަސްކަން ދެއްވަވަތެވެ. އެތަނަވަސްކަން އެތައް ގުނައަކަށް އިތުރުކުރައްވަވަތެވެ. އެކަމަކުވެސް އެމީހުން ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވަނީއެވެ. ނުކިޔަމަންތެރިކަން އިތުރުކުރަނީއެވެ. 

ތަނަވަސްކަން އިތުރުވެގެން މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެނަމަ ޤާރޫނަށް ލިބުނީސް ނޫންހެއްޔެވެ؟ އެކަމަކު އޭނާ ލެއްވެވީ ޤިޔާމަތާއި ހަމައަށްވެސް ގަދަފަދަ ޢަޛާބު ލިބިލިބި ހުންނަ މީހެއްކަމުގައި ނޫންހެއްޔެވެ؟ މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމަކީ ވަރަށް ވަރުގަަދ އިމްތިޙާނެއް ކަމެވެ. 

މީސްތަކުންނޭވެ! ކިތަންމެ ތަނަވަސް ނަމަވެސް އަދި ފަޤީރުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކަށް އެއްވެސް ތަފާތެއް ނެތެވެ. ތަފާތުކޮށްދޭނެ ހަމައެކަނި ކަމަކީ އެމީހާގެ ތަޤްވާވެރިކަމެވެ. ވީމާ ބަލަންވީ ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމުގައި ވުމަކަށް ނޫނެވެ! ގަދައަލައި މަސައްކަތްކުރަންވީ އެންމެ ތަޤްވާވެރި މީހާ ކަމުގައިވުމަށެވެ. ކާމިޔާބު ލިބިގެންވާ ޙަޤީޤީ މުއްސަނދިންނަކީ ހަމަ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން