ޢީދު ކުޅިވަރުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުމަކީ ޝައިޠާނާ އެންމެ އުފާވާނެ ކަންތައް!: ޝައިޚް ޙަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޢީދު ކުޅިވަރުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުމަކީ ޝައިޠާނާ އެންމެ އުފާވާނެ ކަންތައް!: ޝައިޚް ޙަސަން ލަޠީފް

"ޢީދު ކުޅިވަރުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުމަކީ ޝައިޠާނާ އެންމެ އުފާވާނެ ކަންތަކެވެ. ސަބަބަކީ ޙައްޖުމަހުގެ މާތް ދުވަސްތަކުގައި ކުރެވުނު ހެޔޮ ޢަމަލުތައް ނެތިގެން ހިނގައިދާނެ ކަމަކަށް އެކަން ވެދާނެތީއެވެ. ވީމާ، މިކަމަށް ރައްކާތެރިވާށެވެ!": ޝައިޚް ޙަސަން ލަޠީފް

އިއްޔެ ކިޔާފައިވާ ޢީދު ޚުޠުބާގައި ހުރީ ހަމައެކަނި ސުރުޚީ ތަކެކެވެ. އެއްވެސް ތަފްޞީލެއް ނެތެވެ. މީގެ ކުރިން ޢީދު ޚުޠުބާގައާއި ޢީދުގެ ކުރިން ކިޔާ ޚުޠުބާގައި ޢީދު ފާހަގަކުރަން ކުރެވޭ ނުބައި ޢަމަލުތައް ބަޔާންކޮށްދީ އެކަންކަން ނުކުރަން އިލްތިމާސް ކުރިނަމަވެސް އިއްޔެގެ ޚުޠުބާގައި ވަނީ ހަމައެކަނި ސުރުޚީ ތަކެކެވެ. އެންމެ ކަމެއްގެވެސް އެއްވެސް ތަފްޞީލެއް ބަޔާންކޮށްފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ދެޖިންސުން މަސްހުނިވެ ނުއުޅުމަށްވެސް އިލްތިމާސްކޮށްފައެއް ނުވެއެވެ. 

މިއަދު އޮންލައިން