މިދުވަސްތަކަށް ޚާއްޞަ ހަދިޔާއެއް!: ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް އިން ޝާ ﷲ- ފުއްސަވައި ދެއްވަވާނެ ޛިކްރް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިދުވަސްތަކަށް ޚާއްޞަ ހަދިޔާއެއް!: ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް އިން ޝާ ﷲ- ފުއްސަވައި ދެއްވަވާނެ ޛިކްރް-

މިއަހަރުގެ އެންމެ އަގުހުރި ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކޮށް ވަކިވެގެންދާއިރު ހަމަ އެންމެ މުހިންމު ކަމަކަށް އޮތީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ގަދައަޅައި މަސައްކަތްކުރުމެވެ. މިދުވަސްތަކުގައި ކޮންމެ މީހަކުވެސް ނެތް ހިތްވަރުލައިގެންވެސް ހީވާގިވެލައި މަސައްކަތްކުރަންވީ ހަމައެކަމަށެވެ. 

ވީމާ އެކުވެރިންނަށް ކުޑަކުޑަހަދިޔާއެއް އަރިސްކޮށްލާނަމެވެ. 

މިބަޔާންކުރަނީ ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް ފުއްސަވައި ދެއްވަވާނެ ޛިކްރެވެ. 

"اَسْتَغْفِرُ اللهَ الْعَظِیْمَ الَّذِیْ لَا اِلٰهَ اِلَّا ھُوَ الْحَیُّ الْقَیُّوْمُ وَ اَتُوْبُ اِلَیْهِ۔ 

މިފަދައިން ކިޔައިފި މީހަކު ﷲ ތަޢާލާގެ މަގުގައި ކުރާ ހަނގުރާމައިގެ މައިދާން ދޫކޮށްފައިވީނަމަވެސް އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައދެއްވަވާނެތެވެ."

(އައްތިރްމިޛީ: 3577) 

އަހަރުގެ އެންމެ ޙުރުމަތްތެރިވެގެންވާ މިދުވަސްތަކުގައި މިފަދަ ދުޢާތަކުގެ ބގޭނުންހިފުން ގިނަކުރަމުން ގެންދާށެވެ! އިން ޝާ ﷲ ކާމިޔާބުކުރެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން