ސުންނަތެއް ކަމަށް ޤަބޫލު ނުކުރެވޭތީ ޢިޝާނަމާދުގެ އިހު ސުންނަތް ނުކުރި މީހާ ބައިވެރިމިވީ ޝައިޠޯނާ އާ ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސުންނަތެއް ކަމަށް ޤަބޫލު ނުކުރެވޭތީ ޢިޝާނަމާދުގެ އިހު ސުންނަތް ނުކުރި މީހާ ބައިވެރިމިވީ ޝައިޠޯނާ އާ ނޫންތަ؟

ދާދިފަހުން ހަމަ މާލޭގެ މިސްކިތެއްގެ ކުރީ ސަފުން ބައްދަލުވި މީހެކެވެ. އޭނާ އިނީ މައުމޫމް އާއި ޖެހިގެންނެވެ. ޢިޝާ ނަމާދަށް ބަންގިގޮވުމުން ބައެއް މީހުން ފަދައިން އިހު ސުންނަތެއް ނުކުރެއެވެ. އެއީ އެމީހުން ޤަބޫލުކުރާ ގޮތް ކަމަސްވާތީ އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. 

ސުވާލުކުރަން މިއުޅެނީ އެއީ ސުންނަތެއް ކަމަށް ޤަބޫލުނުކުރެވޭތީ އިހުސުންނަތް ނުކުރި މީހާ ކުރި ޢަމަލު ފެތެނީ ކޮން ގޮޅިއަކަށްތޯއެވެ؟ އަޅުގަނޑަށް ހުރެވުނީ އޭނާއާ ޖެހިގެންނެވެ. ވީމާ ޤަޞްދުގައި ނުބެލި ނަމަވެސް އޭނާ ކުރި ކަންކަން ވަރަށް ރަނގަޅަށް ފެނުނެވެ. 

އިމާމް ނަމާދަށް ޤަމާތް ދެންދެން އޭނާ ކުރިކަމަކީ ސޯޝަލް މީޑިއާގައި ޗެޓްކުރުމެވެ. ވީމާ ސުންނަތުގެ ދަރަޖަ މަތިވެރިކުރުމުގެ ގޮތުން އެބަސް މި ޖުމުލައިގައި ބޭނުންކުރާކަށް ނެތީމެވެ. އަޅުގަނޑުގެ ސުވާލަކީ އޭނާ އެ ޢަމަލުކުރީ އިބިލީސް ބޭނުންވާ ގޮތަށް ނޫންތޯއެވެ؟ "އިބިލީހުގެ----- ނޫންތޯއެވެ؟ 

ކޮންމެ ނަމާދެއްގެވެސް ބަންގިއާއި ޤަމަތާއި ދެމެދަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެކެވެ. އޭނާ އެންމެ ކުޑަމިނުން ދުޢާއެއް ކޮށްނުލީ ހުރިހާ ބޭނުންތަކެއް ފުދި އިތުރުވެގެން ހުރީތީހެއްޔެވެ؟ ޛިކުރުކޮށް ނުލީ މާގިނައިން އަޅުކަން ކުރެވި ސުވަރުގެ ޔަޤީންކުރެވިފައި ހުރުމުން ހެއްޔެވެ؟ 

ކޮންމެއަކަސް ސުންނަތްތަކާއިމެދު ފާޑުފާޑުގެ ވަސްވާސްތައް އުފައްދުވާ މީހުންގެ ކިބައިން މިފެންނަ ޢަމަލުތަކަށް ބަލާއިރު އެމީހުންނާއި ދުރުހެލިވުން ނޫން އެއްވެސް ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން