އަތްފައިގަ ޗޭނުޖަހައިގެން ނަރަކައަށް ވައްދަން ގެންދަނިކޮށް ﷲ އެމީހާ ނަރަކައިން ސަލާމަތްކުރައްވަވާނެ މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަތްފައިގަ ޗޭނުޖަހައިގެން ނަރަކައަށް ވައްދަން ގެންދަނިކޮށް ﷲ އެމީހާ ނަރަކައިން ސަލާމަތްކުރައްވަވާނެ މީހެއްގެ ވާހަކަ-

ވަރަށް ކެރިހުރެގެން ބުނަމެވެ! އަހަރެމެން އީމާންވެގެން މިތިބަ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ވިސްނޭނަމަވެސް ޝުކުރުގެ ސަޖިދައިން ނުވެސް ތެދުވާނެއެވެ. 

ހަމަ ވަރަށް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. 

ދުނިޔޭގައި ފާފަކޮށް އުޅުނު މީހެކެވެ. ޤިޔާމަތް ދުވަހު އޭނާއަށް ނަރަކައަށް ވަންނަން ޖެހުމުން ކަންބޮޑުވާނެއެވެ. އަތްފައިގައި ޗޭނު ޖަހައި ނަރަކައަށް ވައްދަން ގެންދަން ފެށުމުން އެކަމަށް ޝަކުވާވެސް ކުރާނެއެވެ. އޑުގަދަ ކުރާނެތެވެ. "އޭ ﷲ! އިނބަ ﷲ ގެ ޙަމްރަތުން މިހައި ބޮޑު އަނިޔާއެއް ތިމާއަށް ލިބޭނެ ކަމަށް ވީވެސް ނުކުރަމެވެ." 

އޭނާގެ ޝަކުވާތަކުގެ އަޑު އިވިވަޑައިގަތމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ! "ކަލޭ ދުނިޔޭގައި ފާފަތައް ކޮށް އުޅުނު އިރު ނަރަކައަށް ވަންނަން ޖެހޭނެ ކަމެއް ނުއެނގޭހެއްޔެވެ؟ ނުވަތަ ނަރަކައިން ސަލާމަތްވާން ކަލޭ ކުރީ ކޮންކަމެއް ހެއްޔެވެ؟ އަދި އެފާފަތައް ކުރިއިރު ނަރަކައިން ސަލާމަތްވެވޭނެ ކަމަށް ކަލޭ އުންމީދުކުރީ ކޮންކަމަކުން ހެއްޔެވެ؟" 

އޭނާ ދަންނަވާނެތެވެ! "މިއަޅާ އުންމީދުކޮށްގެން ހުރީ މިއަޅާފަދަ ނުބައި ފާފަތައް ކުރެވޭ މީހުންނަށްވެސް އިނބަ ﷲ ގެ ދީލަތިވަންތަކަމާ، ރަޙްމާންވަންތަކަމާ، ރަޙީމްވަންތަ އޯގާތެރިވަންތަކަމުންވެސް ސުވަރުގެ ވައްދަވާނެ ކަމަށެވެ." 

އޭނާގެ އަޑު އައްސަވައި ވޮޑިގެން އޭނާއަށް ޢަފޫކުރައްވަވަތެވެ. ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވަތެވެ. އެއީ އޭނާ ﷲ ތަޢާލާ އާއިމެދު ޤަބޫލުކޮސްގެން ހުރި ސިފަފުޅުތަކުގެ ވާހަކައިން ދެންނެވީތީއެވެ. 

މިއަދު މީސްތަކުންނަށް ނުއެނގިގެން މިއުޅެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. އޯގާތެރިވަންތަކަމެވެ. ރަހްމާންވަންތަކަމާއި ރަޙީމްވަންތަކަމެވެ. ﷲ ތަޢާލާއީ މިހައި ދީލަތިވަންތަކަން ބޮޑު ރަސްކަލާނގެކަން ހިތުގެ އަޑިން ޤަބޫލުވެސް ނުކުރެވެނީއެވެ. 

މީސްތަކުންނޭވެ! މިދެއްކި ވާހަކައިގެ މާނަ އޮޅުވައި ނުލާށެވެ! މިބުނަނީ އެއްވެސް ޙާލެއްގައި އެމީހަކު ކުރާނެ ވަރަކަށް ފާފަކޮށްފައި މިފަދައިން ދަންނަވައިލުމުން ސުވަރުގެ ވައްދަވާނެ ވާހަކައެއް ނޫނެވެ. މިހުންނަނީ ﷲ ތަޢާލާގެ މަތިވެރިވެގެންވާ ސިފަފުޅުތައް ޤަބޫލުކުރުމުން ޙާޞީޅުކުރެވެން ހުރި ޢިބްރަތަތްކުގެ ވާހަކައެވެ. 

- ޔޫޝަޢު އިވާންސްގެ ދަރުސަކުން

މިއަދު އޮންލައިން