ފިރިހެންކުއްޖަކަށް ރަން، ރިހި ހުއްދަތޯއެވެ؟ ބައެއް ދިވެހިން ވިދާޅުވަނީ، ތިބާއަށް އަންހެންކުއްޖެއް ލިބިފައިނެތްހާލުގައި، ތިބާއަށް ލިބިފައިވަނީ ހަމައެކަނި ފިރިހެންކުއްޖެއް ކަމުގައިވާނަމަ، ލިބިފައިވާ ފިރިހެންކުއްޖާ ބޮޑުވެ ފުރާފުރިހަމަވެފައި ވީނަމަވެސް ތިބާއަތުގައިހުރި ރަން އެފިރިހެން ކުއްޖާގެ ގައިގާ އެޅުން (ގަހަނާގެގޮތުގައި، ނުވަތަ އެނޫންވެސް ގޮތަކުން) ހުއްދަތޯއެވެ؟
ފިރިހެން ކުދިންނަށް އެއްވެސް ޙާލެއްގައި ރަން ހުއްދަވެގެންނެއް ނުވެއެވެ. ނަމަވެސް ރިއްސަކީ ފިރިހެން ކުދިންނަށް ހުއްދަ އެއްޗެކެވެ. والله أعلم.
އިތުރު ސުވާލާ ޖަވާބު:
ފިރިމީހާ އެދުނު ވަގުތަކީ އަނބިމީހާ އެކަންތައް ކުރާހިތް ނެތް ވަޤުތަކަށްވެގެން އިންކާރުކޮށްފިނަމަ އަނބިމީހާ ފާފަވެރިވާނެތޯ؟
ފިރިމީޙާ އޭނާގެ އެދުން ފުއްދައިދިނުމަށް އަނބިމީހާގެ ގާތުން އެދިއްޖެ ކޮންމެ ޙާލަތެއްގައި އެކަމަށް އިޖާބާދޭން ޖެހޭނެއެއެވެ. والله أعلم.
ރަމަޟަން މަހު އިމްސާކުވަގުތު ޖެހުމުން ކެއިން ބުއިން ހުއްޓާލަން ޖެހޭނެތަ؟ (އިމްސާކު ވަގުތު ޖެހެނީ ބަންގި ދިނުމުގެ ތަން ކޮޅެއްކުރިން ކަމަށްވާތީ)
ރަމަޟާން މަހު ކެއުން ބުއިން ހުއްޓާލަން ޖެހޭނީ ފަތިސްނަމާދު ވަގުތުވުމުންނެވެ. އިމްސާކު ގެ ވަގުތު ޖެހުމަކުން ނޫނެވެ. والله أعلم.