ތިބާ ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގަ ލައްވަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާ ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގަ ލައްވަނީ ކީއްވެ؟: މުފްތީ މެންކް

ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ބައިވެރިއަކު އެތައް މަސައްކަތެއް ކުރުމުން ކުރުމުންވެސް ޙާޞިލުނުކުރެވިހިނގައިދާނެއެވެ. ވަރަށް ފަސޭހައިން ލިބިދާނެކަމަށް ބެލެވޭ ވަޒީފާއެއް ނުލިބިދާނެއެވެ. ވަރަށް ފަސޭހައިން ކުރެވިދާނެކަމަށް ޤަބޫލުކުރި ވިޔަފާރިއެއް ކާމިޔާބުނުކުރެވި ހިނގައިދާނެއެވެ.

މިހާލަތުގައި ވިސްނައިލަންވީ ﷲ ތައާލާގެ ވަޙީ ބަސްފުޅުތަކުން ލިބިގެންދާ މެސެޖަށެވެ!. "ތިމަން ﷲ ގެ އަޅުތަކުން ފާފަނުކުރުމަށް އިންޒާރު ކުރެވެވުމުން ވެސް އެމީހުން ފާފަކުރަނީއެވެ. ފާފަކުރުންމަތީގައި ދެމިތިބެނީއެވެ. ދެން އެމީހުންނަށް ދުނިޔޭގައި ވަރަށް ހަނިގޮތަކަށް ކުރުމުއްދަތެއްގައި ތިބުމުގެ ފުރުޞަޠު ދެއްވަވަމެވެ."

މިފަދަ އިންޒާރުގެ ބަސްފުޅުތަކުން އެނގިގެންދަނީ ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢަލާއަށް އުރެދި ފާފަކުރުންމަތީގައި ދެމިތިބޭނަމަ އެމީހަކަށް ދުނިޔޭގައިވެސް ކަންކަން ދަތިކުރައްވަވާނެކަމެވެ. ވަރަށް ފަސޭހައިން ކާމިޔާބުކުރެވެން ހުންނަ ކަންކަންވެސް ކާމިޔާބުނުކުރެވުން ގާތްވާނެކަމެވެ.

ވީމާ އެންމެ ބޮޑަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ ފާފަނުކުރުމަށެވެ. ތިބާއަކީ ތިބާ ޙާޞީލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގައި ލައްވަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!

ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވާ އެކަމަކީ އެމީހުންނަށް ވަރަށް ފަސޭހައިން ނުވަތަ ކުޑަ މަސައްކަތަކުން ހާޞިލުކުރެވެން ހުންނަ ކަންކަން ވެސް ޙާޞިލުނުކުރެވުމެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރުމުންވެސްމެއެވެ. ކުޑަކުޑަ މަސައްކަތުގެ ބަދަލުގައި ބޮޑެތި މަސައްކަތްކުރުމުންވެސްމެއެވެ.

މިޙާލަތުގައި ތިމާއަށް މިދަތިކަން ކުރިމަތިވަނީ ކީއްވެގެން ކަމާއިމެދު ވިސްނާލައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްލަން މަސައްކަތްކުރެވޭނަމަ އެމީހަކަށް ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން