ކުރީގެ ޚަބަރެއްގައި ވަރަށް ކުރު ގޮތަކަށް ވާނީ އޭނާ، އިބްރާހީމް ރިޗްމޮންޑް އިސްލާމްވި ގޮތުގެ ވާހަކަ ގެނެސްދީފައެވެ. މި ލިޔުމުގައިވާ ވީޑިއޯގައި އެވަނީ އޭނާ ޢަރަފާތު ބިމުގައި ހުރެގެން ދައްކާފައިވާ ވާހަކައެވެ.
ވީޑިއޯގައި ޢޭނާވަނީ އޭނާއަށް ފެނުނު ހުވަފެނާއި އިސްލާމްވި ސަބަބުތަކުގެ ވާހަކަވެސް ކިޔައިދީފައެވެ.
ކޮންމެއަކަސް މިއަދު ޢޭނާ އެބުނަނީ ޢަރަފާތު ބިން ހޫނު ގަދަ ނޫންކަމަށެވެ. ﷲ ތަޢާލާ ހޫނުގަދަ ނުކުރައްވަވާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެފްރިކާގެ ކްރިސްޓިއަން މިލިއަނުން އިސްލާމްވެގެން ޢަރަފާތު ބިމަށް އައުމަށެވެ.
މިއަދު އޭނާއަށް އެވަނީ "ޖަބަލުއް ރަޙްމާ" އަށް އެރުމުގެ ހިތްހަމަޖެހުން ލިބިފައެވެ. އެފަރުބަދައިގައި ﷲ ތަޢާލާ ލެއްވެވި ނޫރުން އަލިކަން ލިބިފައެވެ. ދުޢާއަކީ އެންމެހައި މީސްތަކުންނަށް މިފަދަ މަތިވެރި ނިޢުމަތް މިންވަރުކުރެއްވެވުމެވެ. އާމީން
ޓްއީޓުގައިވާ ވީޑިއޯ އަޑުއައްސަވައިލައްވާށެވެ!
What led a priest to embrace Islam, captivating the hearts of thousands who chose to follow his path? Discover his inspiring journey. #In_Peace_and_Security #Hajj2023 pic.twitter.com/quyZgc1caO
— CIC Saudi Arabia (@CICSaudi) June 26, 2023
ކުރީގެ ލިޔުން:
2 މަސްކުރިން އިސްލާމްވި ކްރިސްޓިއަން ޕްރީސްޓް، ކިންގ ސަލްމާންގެ މެހްމާނެއްގެ ގޮތުގަ ޙައްޖުގެ މަތިވެރި އަޅުކަމުގަ- އަލްޙަމްދުލިﷲ
ކްރިސްޓިއަން ޕްރީސްޓެކެވެ. އިސްލާމްވީ މީގެ 2 މަސްދުވަސްކުރިންނެވެ. އިސްލާމްވި ސަބެއް ކަމަށް ބުނެވެނީ ފެނުނު ހުވަފެނެކެވެ. އޭނާ އިސްލާމްވުމާއި ގުޅިގެން އެތައް ހާސް ކްރިސްޓިއަނުން ވަނީ އިސްލާމްވެފައެވެ.
ﷲ ތަޢާލާގެ ރަހްމަތްފުޅު ދެކޭށެވެ! މިއަދު އޭނާ އެހުރީ ކިންގ ސަލްމާން ދަޢުވަތު ދެއްވި މީހުންގެ ތެޜޭގައި ހިމެނި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައެވެ. ބެލެވެނީ މިހާރު އޭނާވެސް ހުންނާނީ މާތްވެގެންވާ ޢަރަފާތު ބިމުގައި ކަމަށެވެ.
މީހާ އިސްލާމްވެ އެހެން މީހުންނަށް ﷲ ތަޢާލާގެ މަގަށް ދަޢުވަތު ދިނުމުން ކުރާ ފައިދާގެ ބޮޑުކަން ހިތަށް ގެންނާށެވެ. އަހަރެމެންނަކީ ﷲ ތަޢާލާއަށް އީމާންވެގެންތިބި މުސްލިމުންނެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން ކުރާ މަސައްކަތް އިތުރުކުރަމާހެއްޔެވެ؟ އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ގިންގުނަ ޘަވާބަށް އުންމީދުކުރަމާ ހެއްޔެވެ؟