ޝައިޚް ޝަފީޢުގެ ސުވާލު: ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރަމުން ދާއިރު ސަރުކާރުކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޝައިޚް ޝަފީޢުގެ ސުވާލު: ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރަމުން ދާއިރު ސަރުކާރުކޮބާ؟

އިސްލާމް ދީނުގެ ޝިއާރުތަކަށާއި އިސްލާމް ދީނަށް ފުރައްސާރަކުރަން ދޫކޮށްލައިގެން އޮތް މިހާރުގެ ސަރުކާރަށް ޝައިޚް ޝަފީޢު ޢަބްދުﷲ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ. 

ޢީދު އުފާ ފާޅުކުރުމުގެ ނަމުގައި، އިސްލާމްދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރަމުން ދާ އިރުގައްޔާއި ޢާންމު އިޖްތިމާޢީ މިންގަނޑާއި ދީނީ އަޚްލާޤިއްޔާތުން ބޭރުވެ ފާޙިޝްކަންކަން ފަތުރަމުންދާ އިރުގައި، ޤާނޫނު ނަގަހައްޓައި، ދަމަހައްޓައި، ތަންފީޒުކުރަން ހަވާލުވެގެން ތިބި ވެރީންނާއި މުއައްސަސާތައް ކޮބައިތޯއެވެ؟

މި ކަންކަމާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު ނާޅައި ދޫކޮށްގެން ތިޔަ ތިބެނީ ކީއްވެތޯއެވެ؟ 

ތިޔަބައިމީހުން ބޭނުން ވަނީ މި ޤައުމު އެކީއެކަށް ހަލާކުކޮށް ނެތިކޮށްލާންތޯއެވެ؟ 

ޤާނޫނު ނަގަހައްޓައި، ދަމަހައްޓައި، ތަންފީޒު ނުކުރެވެންޏާ އެ ކަމާ ހަވާލުވެގެން ތިޔަ ތިބެނީ ކީއްވެތޯއެވެ؟ 

ދުނިޔެމަތީން ސަލާމަތްވިޔަސް، ޤިޔާމަތްދުވަހުން ސަލާމަތް ނުވާނޭ ކަން ހަނދާން ނެތުނީތޯއެވެ؟

- ޝައިޚް ޝަފީޢު ޢަބްދުﷲ 

ޝައިޚް ޝަފީޢުގެ މިސުވާލުތަކުގެ ޖަވާބު ގާތުން ކަންކަން ބައްލަވާކަމަށް ވިދާޅުވެ މިސަރުކާރުން ކުރާ މިބާވަތުގެ ހުރިހާ ކަމަކަންކަމަށް ޘަނާ ކިޔައި މިސަރުކާރުގެ މިފަދަ ޢަމަލުތަކަށް ހިތްވަރުދެއްވާ ޢިލްމުވެރިންގެ ބަސްމަގު ޅިނަ ތަފާތުކަން ފާހަގަކުރެވެއެވެ. 

ހެޔޮ ވިސްނޭ މީހުން ބުނަނީ މިފަދައިންނެވެ. "މިއީ ރައްޔިތުން ވިސްނައި ހޭލުންތެރިވާންޖެހޭ ވަޤުތެވެ! ރާއްޖެއިން އިސްލާމް ދީން ފުހެލަން އިތުރު ފުރުޞަތަށް އެދި އަތަށް އަޅަމުންގެންދާ ޙަރާމް ފައިސާތަކަށް ސަމާލުވާންވީ ވަޤުތެވެ! ދިރިއުޅުން ތައްޤީކުރުމުގެ ބޭނުމުގައި ޢާޚިރަތް ނަގާލެވިއްޖެނަމަ ދެން ވާނެގޮތާއިމެދު ވިސްނަންވީ ވަޤުތެވެ."

މިއަދު އޮންލައިން