އުޚުތާއެވެ! ޙަސަދަވެރިވުން ހުއްޓާލައި އެކުވެރިޔާގެ ލޯބިވެރިޔާ އޭނާއަށް ދެއްވެވުން އެދި ދުޢާކުރީމާ ތިބާގެ ލޯބިވެރިޔާ ތިބާއަށް ލިބުމުގެ ފުރުޞަތު މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އުޚުތާއެވެ! ޙަސަދަވެރިވުން ހުއްޓާލައި އެކުވެރިޔާގެ ލޯބިވެރިޔާ އޭނާއަށް ދެއްވެވުން އެދި ދުޢާކުރީމާ ތިބާގެ ލޯބިވެރިޔާ ތިބާއަށް ލިބުމުގެ ފުރުޞަތު މާބޮޑުވާނެ! އިން ޝާ ﷲ

ބައެއްކަންކަން ކާމިޔާބުނުކުރެވި ލަސްވަނީ އަދި ފަނުފުލުންދަނީވެސް އަހުރެމެންނަށް ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. ކަންކަން ކުރެވޭ ގޮތުންނެވެ. ޚާއްޞަކޮށް އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރިވެވެތީއެވެ. 

އަހަރެމެންނަށް ގިނަފަހަރު ކަންކަން ކުރެވޭގޮތަކީ އެންމެ ގާތް އެކުވެރިޔާއަށްވެސް ރަނގަޅު ލޯބިވެރިއަކު އޭނާގެ ބައިވެރިއަކަށް ލިބެން އުޅޭނަމަ އެކަމަށް ޙަސަދަވެރިވުމެވެ. އަދި ބައެއްފަހަރު ތިމާއަށް ބައިވެރިއަކު ލިބިފައިވީނަމަވެސް އުޚުތާއަށް ނުވަތަ އަޚާއަށް ރަނގަޅު ބައިވެރިއަކު ލިބެން އުޅޭނަމަ އެކަމަށް ޙަސަދަވެރިވެވެއެވެ. މިއީ ވަރަށް ދެރަ އަދި ހިތާމަހުރި ކަމެކެވެ.  

އަހަރެންގެ ނަޞޭޙަތަކީ ތިބާގެ އަޚާއަށް ނުވަތަ އުޚުތާޢަށްޓަކައި އޭނާގެ ލޯބިވާ ބައިވެރިޔާ ދެއްވެވުން އެދި ތިބާ ދުޢާކުރުމެވެ. އެއިރުން އެކަމުގެ ސަބަބުން ތިބާ އެދޭ ލޯބިވެރިޔާ ތިބާއަށް ލިބުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވެގެންދާތީއެވއަދި ތިބާއަށް މިހާރު ބައިވެރިއަކު ލިބިފައިވާނަމަ އެ ބައިވެރިޔާގެ ހިތުގައި ތބާއަށް ލޯބިއިތުރުވެ ގުޅުންބަދަހިވެގެންވެސްދާނެއެވެ. އިން ޝާ ﷲ. ތިބާއަށް ތިބާގެ ލޯބިވެރިޔާ ދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ކުރައްވަވާ ދުޢާއިންނެވެ. 

ތިބާގެ އަޚާއަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާ ދިނުމަށް ތިބާއަތުން އެންމެ ލޯލާރިއެއްވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ކޮށްލަދޭންވީ ހަމައެކަނި ކަމަކީ އަޚާއަށް ނުއަންގައި އަޚާއަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. ތިބާ، ތިބާގެ އަޚާއަށް ސިއްރުން އަޚާއަށްޓަކައި ހެޔޮ ދުޢާ ކުރުމުން ހަމަ އެ ނިޢްމަތް، ނުވަތަ އެކަމެއް ތިބާއަށް ފޯރުވައި ދެއްވެވުން އަދިވަޑައިގެން މަލާއިކަތުން ދުޢާ ކުރައްވަވާނެތެވެ! އަދި ކިއެއްތަ! ތިބާ، ތިބާގެ އަޚާއަށް ނުއަންގައި  އަޚާއަށްޓަކައި ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރއްވަވާނެތެވެ! 

މިއީ ޙަދީޘުން ސާބިތުވާ ކަމެކެވެ. 

އަޚާއަށް ނޭނގި އަޚާއަށްޓަކައި ހެޔޮ ދުޢާކުރުމުން މަލާއިކަތުން ތިބާއަށް ހެޔޮ ދުޢާ ކުރައްވަވާނެއިރު މިކަމަކީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް އިހްމާލު ވެފައިވާ ކަމެކެވެ. ގިނަ ބައަކަށް ނުވެސް އެނގޭ ކަމެއްހައި ބީރައްޓެހިވެފައިވާ ކަމެކެވެ. 

ފައިސާ ޚަރަދުކޮށްފައި ގަނެގެން ހަދިޔާ ދިނުމަކީވެސް ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް ދުޢާއެއް ކުރަން އެއްވެސް ފައިސާއެއްވެސް ޚަރަދުކުރާކަށް ނުޖެހެއެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު ދުޢާއެއް ކޮށްލުމެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށް ވެސް އެންމެ ފަސޭހައިން ކުރެވޭނެ ކަންތަކެވެ. ވީމާ އަޅުގަނޑުމެން އެންމެންނަކީވެސް އަޚާއަށްޓަކައި ހެޔޮ ދުޢާ ކުރާ ބައަކަށްވަމާތޯއެވެ! 

Did you know…

“The supplication (duáa) of a Muslim for his brother in his absence will certainly be answered. Every time he makes a supplication for good for his brother, the angel appointed for this particular task says: ‘Ameen*! May it be for you too’.” [Prophet Muhammad * ]

(Hadith narrated by Muslim) 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން