އެންމެ ގިނަ މީހުން ރަހީނުކުރަނީ އެންމެ ގާތް އެކުވެރިންކަމާ ރަހީނުކުރެވެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެންމެ ގިނަ މީހުން ރަހީނުކުރަނީ އެންމެ ގާތް އެކުވެރިންކަމާ ރަހީނުކުރެވެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟

ބުނަން ހެއްޔެވެ؟ މިހެން ބުނީމާ އެއްބަސްވާން ފަސްޖެހިދާނެއެވެ. ޖެހިލުންވެސް ވެދާނެއެވެ. ނަމަވެސް މިބުނަނީ ކަންއޮތް ގޮތަށެވެ. ދުނިޔޭގައި ރަޙީނުކުރެވިފައިވާ މީހުންގެ އާބާދީގެ 90 އިންސައްތަ މީހުން ރަހީނުކޮށްގެން އުޅެނީ އެމީހުންގެ އެންމެ ގާތް އެކުވެރިންނެވެ. 

އެކުވެރިޔާ ރަހީނުކުރަނީ ބަޑީގެކޮޅުދައްކައިގެނެއް ނޫނެވެ. ކޮން އެއްޗެއް ދައްކައިގެންކަން ބުނެފިނަމަ ހައިރާންވެސް ވާނެއެވެ. އަދި ރަހީނުގެ ވެގެން އެތިބަ މީހުންގެ މޮޔަކަން ހިތަށް އަރައި ދެރަވެސްވާނެއެވެ. 

ބުނަން ހެއްޔެވެ؟ އެމީހުން ރަހީނުވެފައި އެތިބީ އެމީހުންގެ އަނގަ ބޮޑުކަމުންނެވެ. އެއަނގަ ބޮޑުކަމުން ނުހިފެހެއްޓިގެން ތިމާ ނޫން އެއްވެސް މީހަކަށް އެނގުނަދީގެން ނުވާނެ ތިމާގެ ސިއްރުތައް އެކުވެރިޔާއަށް ކިޔައިދިނީތީއެވެ. ދުވަސްކޮޅެއް ފަހުން އެކުވެރިޔާ ދެކޮޅުވެރިޔާއަކަށް ބަދަލުވަނީއެވެ. ދެން މިޖެހެނީ އެކަންކަން ބޭޒާރުވިޔަ ނުދިނުމަށްޓަކައި އޭނާއަށް ޖިޒީ ދައްކާށެވެ. އެއީ ދައްކައި ނިމެން އޮތް ކަމެއްވެސް ނޫނެވެ. 

ނުދޭން ހިފަހައްޓާލާއިރަށް ދެމަފިރިންގެ ދޭތެރެއަށް ބޮން އަޅާނެ ކަމުގެ އިންޒާރު އެބަދެއެވެ. ވަޒީފާ ގެއްލުވައިލާނެ ކަމުގެ އިންޒާރު އެބަދެއެވެ. ފާޚާނާ ކުރިއަ ނުދޭނެކަމުގެ އިންޒާރު ނުދޭކަންވެސް ނަޞީބު ނޫންހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ރަނގަޅަށް ވިސްނައިލާށެވެ! ތިމާއާއިމެދު އަބަދު އެއްވިސްނުމެއްގައި ހުންނާނެ މީހަކު ހުންނާނީ ކޮންމެ 2000 އަކުން އެކެވެ. 1000 އަކުން މީހަކުވެސް މިހާރު ނުހުންނާތީއެވެ. ވީމާ އެކަމެއް އެކުވެރިޔާއަށް އެނގުމުން ދުވަހަކު ކޮޅުންވެސް އެއްވެސް ގެއްލުމެއް ލިބިދާނެ (އޭނާއަށް ތިމާއަށް ގެއްލުމެއް ދެވިދާނެ) އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މިންވަރަކަށް އެއްވެސް އެކުވެރިއެއްގެ ގާތުގައި ނުބުނާށެވެ!  

ކޮންމެ މީހަކު ދެކެ ނަމަވެސް ލޯބިވާންވާނީ އެމީހަކު ކޮންމެ ވޤުތަކު ތިމާއާއި ވަކިވިނަމަވެސް އެކަމަށް ކެތްކުރެވޭނެ މިންވަރަކަށް ކަމަށް ބުނެވޭ ފަދައިން ކޮންމެ މީހަކާއިވެސް އެކުވެރިވެ ގުޅުން ބާއްވަން ޖެހޭނީ އެމީހާ ކޮންމެ ވަޤުތަކު ތިމާ ދެކެ ރުޅި އައި ނަމަވެސް ތިމާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ވަރަށެވެ. އެކަން ޙާޞިލުކުރެވޭނީ ތިމާގެ ސިއްރުތައް ކިޔައިނުދީ ހިފެހެއްޓުނު ވަރަކުންނެވެ. 

- އަލަފް

މިއަދު އޮންލައިން