މައްކާގެ ޙަރަމްފުޅު ތަޅައިލާނެ ކަމަށް ބުނާއަޑު އަހަމެވެ. އެއީ ހަމަ ތެދެއްތޯއެވެ؟ އެކަން ހުއްޓުވަން މަސައްކަތްކުރާނެ މުސްލިމުން އެއިރު ދުނިޔޭގަ ނުތިބޭނީ ތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއީ ހިނގާނެކަމެއް ކަމާއި އެކަންކުރާނެ މީހާގެ ސިފައަށް ދަންދެން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. (އެއީ ދެފައި ހިމަހިމަ / އިތިއޯޕިއާގެ މީހެކެވެ.)
Narrated Abu Huraira:
Allah's Messenger (ﷺ) said, "Dhus-Suwaiqatain (the thin legged man) from Ethiopia will demolish the Ka`ba."
|
Reference |
: Sahih al-Bukhari 1596 |
|
In-book reference |
: Book 25, Hadith 82 |
ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ފަހު ޒަމާން އައިސް ޤުރްއާން އުފުއްލަވާނެކަމަށް އޮންނަ ބަސްފުޅު ޙަޤީޤަތަކަށްވާނެއެވެ. ނަމަވެސް މިއަދަކު ނޫނެވެ. މިހާރު މިދަނީ އިސްލާމް ދީން ކުރިއަރަމުންނެވެ. މިގޮތަށް ކުރިއަރަމުން ގޮސް އިސްލާމީ އުންމަތަށް ކުރިންވެސް ލިބިފައި އޮތް އާރާއި ބާރު އަދި ލިބިގެންދާނެއެވެ. މީސްތަކުން ޖާހިލުވެގެންދާނީ އެއަށްފަހުގައެވެ.
ދުނިޔެ ނިމިގެންދާއިރު ޤުރްއާނުގެ ޢިލްމްވެރިންނެއް ނުތިބޭނެއެވެ. މީސްތަކުންގެ ހިތްތަކުގައި ޤުރްއާނެއް ނުއޮންނާނެއެވެ. ހަމައެކަނި ހަނދާން ހުންނާނީ ޝަހާދަތެވެ. އެއީވެސް އެމީހުންގެ ކާބަފައިން ކިޔައި އުޅުނު އެއްޗެއްގެ ގޮތުގައެވެ.
މިޒަމާނުގެ ގިނަ ދަންނަބޭކަލުން ޤަބޫލުކުރައްވާގޮތުގައި ޤިޔާމަތްވުމުގެ ކުރިން ފެންނާނެ ކުދި ހުރިހާ ޢަލާމާތްތަކެއްހެން މިހާރު ވަނީ ފެނިފައެވެ. އަނެއްގައި ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި ކުދި ޢަލާމާތްތައް އަބަދުވެސް ދާނީ ފެންނަމުންނެވެ. ބޮޑެތި ޢަލާމާތްތައް ފެންނަމުންދާއިއރުވެސް ކުދި ޢަލާމާތްތައް ދާނީ ފެންނަމުންނެވެ.
އަހަރެމެންނަށް ޤަބޫލުކުރަން ކިތަންމެ އުނދަގޫވިނަމަވެސް މައްކާގެ ޙަރަމްފުޅުވެސް ތަޅައިލެވޭނެއެވެ. ޙުރުމަތްތެރިވެގެންވާ އެބިނާ ނެތިގެންދާނެއެވެ. ޤިޔާމަތްވާނީ އެއިގެފަހުންނެވެ.
މީސްތަކުންނޭވެ! މިއީ އީމާންކަމުގައި އެންމެ ވަރުގަދައަށް ސާބިތުވާންވީ ވަގުތެވެ. އިސްލާމް ދީން ކުރިއަރަމުންދާތީ އެކަމާއި ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމަތަކެއް މިދަނީ ކުރެވެމުންނެވެ. އިސްލާމް ދީން ބަލިކަށިކުރުމަށް ކެނޑިނޭޅި އެގެންދަނީ މަސައްކަތްކުރަމުންނެވެ. މުސްލިމުން އިސްލާމް ދީނާއި ދުރުކުރުވުމުގެ މަސައްކަތް އެވަނީ މެކްހަށް ޖަހައިފައެވެ. އެއީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމް ދީން ކުރިއަރަމުން އަންނަ ބާރިމިން ފެނި ޙަޖަމަނުކުރެވިގެންނެވެ.
ވީމާ މިއީ މުސްލިމުން އެންމެ ވަރުގަދައަށް އީމާންކަމުގައި ސާބިތުވާން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ވަގުތެވެ! ދަޅަތަކަށް ހެއްލެވި އިސްލާމް ދީނާއި ދުރަށް ޖެހެވިއްޖެނަމަ އެއީ އެމީހަކު އަމިއްލަ ލިބިގަންނަ އެންމެ ބޮޑު އަނިޔާއެވެ! އެންމެ ބޮޑު ނިކަމެތިކަމެވެ. މިދުވަހާއިމެދު ރަސޫލް ދެއްވަވާފައިވާ އިންޒާރުތައް ޤަބޫލުކުރި މީހަކަށް މެނުވީ ސަލާމަތްކަމެއް ނެތެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން