ކައިވެނިކުރާތަނުން ދަރިން ހޯދުމަކީ ކުރަން މިހާރަކު ރަނގަޅު ކަމެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކައިވެނިކުރާތަނުން ދަރިން ހޯދުމަކީ ކުރަން މިހާރަކު ރަނގަޅު ކަމެއް ނޫން!: މުފްތީ މެންކް

ކޮންމެ މީހަކުވެސް ގަހެއް އިންދުމަށްފަހު އެދޭނީ ވީހާއަވަހަކަށް އެގަހުން މޭވާ ލިބުމަށެވެ. އެގޮތުން ބަލައިފިނަމަ ދަރިންނަކީ ކައިވެނީގެ މޭވާއެވެ! ކައިވެނިކުރުމަށްފަހު ގިނަ ބައަކު އަވަހަށް ދަރިން ލިބުމަށް އެދޭނެއެވެ. އަވަހަށް ދަރިން ހޯދަންވެސް ބޭނުންވާނެއެވެ.

ނަމަވެސް މިޒަމާނުގައި ކަންކަން މިހުރި ގޮތުން ދަރިއަކު ހޯދުމަށް އެހައި އަވަސްވެގަތުން ރަގަޅެއް ނޫނެވެ. ބުއްދިވެރީ އަހަރެއް، ދެއަހަރެއްހައި ދުވަހު މަޑުކޮށްލުމެވެ. ކެތްތެރިވުމެވެ.

އެއީ ޢުމަރުގެފާނުގެ ބަސްފުޅުގައިވާ ފަދައިން އެއްވެސް މީހަކާއި އެކުގައި ދިރިއުޅުމުން، ވިޔަފާރިކުރުން، އެކުގައި ދަތުރުކުރުން ފަދަ ކަމަކުން ނޫނީ އޭނާގެ ޙަޤީޤަތް ނުއެނގޭނެތީއެވެ. ބައިވެރިޔާއަކީ ތިމާ އާއިއެކުގައި ދިރިއުޅެވިދާނެ މީހަކުކަން ޔަޤިންކުރަން މަސައްކަތްކޮށްލުމުގެ ގޮތުންނެވެ.

ކިތަންމެ ގިނަ ދުވަހަކު އެކުގައި ދިރިއުޅުމަށްފަހުގައިވެސް، ބައިވަރު ދަރިން ލިބޭފަހުން ވެސް މައްސަލައެއް ކުރިމަތިވެދާނެއެވެ. ދެމަފިރިން ވަކިވާންވެސް ޖެހިދާނެއެވެ. އެހެންކަމުން ކިތަންމެ ގިނަ ދުވަހަކު އެކުގައި ދިރިއުޅުނުނަމަވެސް އަނެކާގެ ގޮތް ނުއެނގޭނެކަމަށް ބުނާބުނުމަށް ތާއީދުނުކުރަނީއެއް ނޫނެވެ.

ތަފާތަކީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމާއި ރައްކައުތެރިކަމުގެ ފިޔަވަޅު ނާޅައި ދަތުރުކުރުމުގެ ތަފާތެވެ. ވަރިކުރުން އިތުރުވަމުންމިދާ މިންވަރުން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން