ސަޖިދައިގައި އޮވެ ތިއަ ތަސްބީހް ކިޔެނީ ހަމަރަނގަޅަށްކަން ޔަޤިންކޮށްލައި ރަނގަޅުކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސަޖިދައިގައި އޮވެ ތިއަ ތަސްބީހް ކިޔެނީ ހަމަރަނގަޅަށްކަން ޔަޤިންކޮށްލައި ރަނގަޅުކޮށްލަމާ!

ސަޖިދައިގައި އޮވެ ކިޔާ ޛިކުރު ނުވަތަ ތަސްބީޙްގައި މިކިޔަނީ "އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ!" މި ޢިބާރާތް މާނަކުރަމުން ގޮސް ކިތަންމެ ދިގުކޮށްވެސް މާނަކުރެވިދާނެއެވެ. ކޮންމެއަކަސް އަހުރެމެން އިޤްރާރް މިވަނީ އެންމެ މަތިވެރި ފަރާތަކީ ﷲ ތަޢާލާ ކަމަށެވެ.

ވީމާ މިޛިކުރު ކިޔާއިރު މިގޮތަށް މާނަކުރެވޭނެ ގޮތަށް ކިޔުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެންމެ އަކުރަކުންވެސް މާނަ މުޅިން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދާނެތީއެވެ. 

ނަމާދުގެ ކޮންމެ ޙަރަކާތަކީވެސް ހަމައެހައިމެ މުހިންމު ޙަރަކާތެކެވެ. އެހެންކަމާއިއެކުވެސް ސަޖިދައިގެ މުހިންމުކަން އިތުރުވެގެންދެއެވެ. އެއީ މީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތުކަމުގައިވާތީއެވެ. 

ސަޖިދައިގައި އަހަރެމެން މިކިޔަނީ سُبْحَانَ رَبِّيَ الأَعْلَى މިފަދައިންނެވެ. މިފަދައިން ކިޔާއިރު ބައެއް މީހުންނަށް ކިޔެނީ އަޢިނުގެ ބަދަލުގައި އަލިފެއްގެ ގޮތުގައެވެ. އަޢުލާ ކިޔުމުގެ ބަދަލުގައި އައުލާއެވެ.  

ކީރިތި ޤްރްއާން ކިޔަވާއިރުވެސް ނަމާދުގައި ކިޔަންޖެހޭ ތަސްބީޙްތައް ކިޔާއިރުވެސް އެއަކުރެއްގެ މަޚްރަޖައިން އެއަކުރެއް ކިޔަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމުގައި ފަރުވާކުޑަކުރުމުން އެމީހަކަށް ޢަފޫކުރައްވަވާނެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ނަމާދުގައި ކިޔޭ ކޮންމެ ކަލިމައަކަށްވެސް އަކުރަކަށްވެސް ވަރަށް ބޮޑަށް ރައްކައުތެރިވާންވާނެއެވެ. އެހެނީ ނަމާދުކުރި ނަމަވެސް އެ ނަމާދު ނަމާދަކަށްވާނީ ﷲ ތަޢާލާ އެ ނަމާދު ޤަބޫލުފުޅުކުރެއްވެވުމުން ކަމުގައިވާތީއެވެ.

ސަޖިދައިގައި އޮވެ ކިޔާ ތަސްބީޙް އަޑުއައްސަވައިލައްވާށެވެ!:

 

 

 

 

 

 

މިއަދު އޮންލައިން