ދުނިޔޭގަ ހުރެ ސުވަރުގޭގެ ބަގީޗާއެއްގައި މަޑުކޮށްލަން ލިބޭ ފުރުޞަތު- ނަމަނަމަ ދޫކޮށްނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދުނިޔޭގަ ހުރެ ސުވަރުގޭގެ ބަގީޗާއެއްގައި މަޑުކޮށްލަން ލިބޭ ފުރުޞަތު- ނަމަނަމަ ދޫކޮށްނުލާތި!

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހުރެމެންނަށް ވަރަށް ގިނަ ހެޔޮ ނަޞޭޙަތްފުޅުތައް ދެއްވަވައިފައެވެ. އެގޮތުން ވިދާޅުވި ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. 

"ތިއަ ބައިމީހުން ދުނިޔޭގައި ހިނގަމުންދަނިކޮށް ސުވަރުގޭގެ ބަގީޗާއަކާއި އަރައިހަމަވެވިއްޖެނަމަ އެތަނުގައި މަޑުކޮށްލައި ފައިދާ ލިބިގެން ނޫނީ ކުރިއަށް ނުދާށެވެ." 

ޞަޙާބީން ދެންނެވިއެވެ. " ﷲ ގެ ރަސޫލާއެވެ! ތިއަ ވިދާޅުވާ ބަގީޗާއަށް ދެވޭނެ މަގަކީ ކޮބައިތޯއެވެ؟ އެބަގީޗާ އޮތީ ކޮންތްނެއްގައިތޯއެވެ؟  ކިހައި ދުރުމިނެއްގައިތޯއެވެ؟" 

އެބޭކަލުންގެ ސުވާލުތައް ގިނަވާނެތާއެވެ. އެބޭކަލުންނަކީ އެބޭކަލުންގެ ހުރިހާ ސަމާލުކަމެއް ސުވަރުގެ ވެންނެވުމަށް (ސުވަރުގެ ހޯއްދެވުމަށް) ދެއްވަވައިގެން ތިއްބެވި ބޭކަލުންނެވެ. އެކަމަށްޓަކައި އެބޭކަލަކަށް ކުރެއްވެވުނު ހައި ގިނައިން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ބޭކަލުންނެވެ. އެހައި ބޮޑު ޝައުޤުވެރިކަމެއްގައި ތިއްބަވަނިކޮށް ސުވަރުގޭގެ ބަގީޗާއަކަށް ދުނިޔޭގައިހުންނަވައިގެން ވަދެވަޑައިގެންނެވިދާނެ ގޮތުގެ ވާހަކަ އަޑުއިވިވަޑައިގަތުމުން ވާނެ ގޮތް ވިސްނާށެވެ. އުފަލުން ފުންމައިގެން ނުދާނީ ކާކުހެއްޔެވެ؟ 

ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވިއެވެ. "މީސްތަކުން އެއްވެ ﷲ ތަޢާލާ މަތިކުރެވޭ ތަންތަނަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިންވާ ތަންތަނެވެ." 

އެކުވެރިންނޭވެ! ދިނީ ދަރުސެއް ދޭތީ ނަމަވެސް އަދި އެނޫންވެސް ގޮތަކުން އެތަނެއްގައި ﷲ ތަޢާލާ މަތިވެރިކުރެވޭ ތަންތަނުގައި ވަޤުތު ހޭދަކުރުން ގިނަކުރާށެވެ. އަޑުއިވުނު ކަމަށް ނުހަދައި ދުރަށް ނުދާށެވެ. އެކަމުން ލިބޭން ހުރި ބައެއް ނިޢްމަތްތަކުގެ ވާހަކަތައް މިކިޔައިދިނީއެވެ. 

--އުސްތާޛާ ދުންޔާ ޝުޢައިބްގެ ދަރުސަކުން

މިއަދު އޮންލައިން