ޙައްޖުގެ މަތިވެރި އަޅުކަން އަމަން އަމާންކަމާއި، ޞުލްޙަ މަސަލަސްކަމާއެކު ނިމުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން!: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޙައްޖުގެ މަތިވެރި އަޅުކަން އަމަން އަމާންކަމާއި، ޞުލްޙަ މަސަލަސްކަމާއެކު ނިމުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން!: ޝައިޚް މުޙައްމަދު ލަޠީފް

ޙައްޖުގެ މަތިވެރި އަޅުކަން އަމަން އަމާންކަމާއި، ޞުލްޙަ މަސަލަސްކަމާއެކު ނިމުނު ކަމަށްޓަކައި މަތިވެރިވަންތަ މާތް ﷲ އަށް ޙަމްދުކުރަމެވެ. 

ދެން އެއަށްފަހު ސަޢުދީ ޢަރަބިއްޔާއިން ޙައްޖުވެރިންގެ އަރާމާއި، ރާޙަތަށާއި، ފަސޭހަކަމާއެކު ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށްޓަކައި ޖާނާއި މާލުން، ދެއްވި ގުނައި ޢަދަދު ނުކުރެވޭހައި ޚިދްމަތްތަކަށް ސަޢުދީ ރަސްގެފާނަށާއި، ވަލިއްޔުލްޢަހުދުއަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު ދަންނަވަމެވެ. 

ޝައްކެތްނެތެވެ. އެއީ، އަޖައިބުވާންޖެހޭ ކަމެއްނޫނެވެ! ސަޢުދި ރަސްރަސްކަލުންނަކީ މިއަދާ ހަމައަށްވެސް ޙައްޖުވެރިންނަށް ޚިދްމަތް ކުރުމަކީ އެމީހުންގެ މައްޗަށް އޮތް ވާޖިބެއްކަމަށާއި، ޝަރަފެއްކަމުގައި ދެކެއެވެ. 

އެކަން އެގޮތަށް ނުވާންވީ ސަބަބެއްނެތެވެ. އެމީހުންނަކީ ޙައްޤު ދީނާއި، ތައުޙީދުގެ މަތިވެރި ކަލިމަ މުޅި ދުނިޔެއަށް ފެތުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންދާ މީހުންނެވެ. މާތް ﷲ، އެބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށި! އަދި އެންމެހައި ނުބައި ގޮތްތަކުންނާއި، ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ސަޢޫދީ ޢަރަބިއްޔާ ރައްކާތެރި ކުރައްވާށި!

ލިޔުނީ: މުޙައްމަދު ލަޠީފު.

 

މިއަދު އޮންލައިން