ޛުލްޙިއްޖާ މަސް ލައިގަތީންސުރެ ފުރަތަމަ 9 ދުވަހު ގިނަ ބައަކު ތިބީ ރޯދައަށެވެ. ޢީދު ދުވަހަކީ ބުދަ ދުވަސްކަމަށްވުމުން ބުރާސްފަތި ދުވަހަކީ ރޯދަހިފުން ޙަރާމް ދުވަހަކަށްވާތީ އެދުވަހު ރޯދަ ނުހިފައި ޢީދުގެ އުފަލުގައި ބައިވެރިވެ އުފާ ފައުޅުކުރީއެވެ.
މާދަމާއަކީ ހޯމަ ދުވަހެވެ! ސުންނަތް ރޯދަ ހިފަން ފަށަންވީ ދުވަހެވެ. ﷲ ތައާލާ އެންމެ މަތިވެރިކުރެއްވެވި ދުވަސްތަކުގައި ރޯދަހިފި މީހުން ތިބޭނީ އިތުރު ހިތްވަރަކާއިވެސް އެކުގައެވެ.
މިފަނާވަނިވި ދުނިޔެއިން ނުކުންނަން ޖެހޭނެ ވަޤުތެއް ނުއެނގެއެވެ. އޮތީ ވީހައިގިނަ އަޅުކަންކޮށް ދަތުރުފޮށްޓަށް އަޅައި ދަތުރަށް ފުރަން ތައްޔާރުވެގެން ތިބުމެވެ. ޙަޤީޤީ ބުއްދިވެރިންނަކީ ހަމައެއީއެވެ.