މިދިއަ ޢީދު ދުވަހު ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި ކީރިތި ޤުރްޢާނުގެ މޫޞްޙަފެއް އަންދާލުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކުށްވެރިކުރައްވައިފިއެވެ. އެއިގެ އިތުރުން މީގެކުރިންވެސް ސްވިޑްންގައި މުޞްހަފް އަންދާފައިވާތީ އެކަންކަން ވެސް ޤާސިމް އިބްރާހީމް ވަނީ ކުށްވެރިކުރައްވައިފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މިފަދަ ތަހްޒީބީ ދުނިޔެއެއްގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށެވެ. ކޮންމެ މީހަކީވެސް އެހެން މީހުންގެ ޙައްޤުތަކަށްވެސް އިހްތިރާމްކުރަންޖެހޭނެ މީހެއް ކަމަށެވެ.
މިބާވަތުގެ ނުބައި ޢަމަލުތަކަކީ ވާހަކަ ދެއްކުމުގެ މިނިވަންކަމުގެ ތެރެއިން ބަލައިގަނެވޭނެ ކަންކަން ނޫންކަމާއި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އިޙްޞާޞްތައް ވަނީ މުސްލިމުންނާއި އެކުގައިކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.
I strongly condemn the abhorrent act of burning the Holy Quran outside a mosque in Stockholm by Mr. Momika last Wednesday, while Muslims worldwide celebrated the first day of Eid al-Adha. It is deeply disturbing to witness the repetition of such acts of incitement against Islam… pic.twitter.com/Vij2Wmh2xv
— Qasim Ibrahim (@qasimibrahim) July 2, 2023