އުފާވެރިކަމުގަ ދިރިއުޅެން ބޭނުންވާ މީހާ ހަމައެކަނި މިކަން ކުރުން ހުއްޓާލިޔަސް ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އުފާވެރިކަމުގަ ދިރިއުޅެން ބޭނުންވާ މީހާ ހަމައެކަނި މިކަން ކުރުން ހުއްޓާލިޔަސް ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި އުފާވެރިކަން ލިބުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެހެން މީހުންގެ ވާހަކަ ދެއްކުން ހުއްޓައިލާށެވެ! ބޭކާރު ގޮތުގައި އެއްވެސް މީހެއްގެ ވާހަކަ ނުދައްކާށެވެ! މިއީ ކުރަން އުނދަގޫ ބޮޑުކަމެއް ނޫނެވެ. ވީމާ ހެޔޮގޮތުގައި ނޫނީ އެއްވެސް މީހެއްގެ ވާހަކަ ނުދައްކާށެވެ! 

ނިކަންވިސްނައިލަބަލާށެވެ! މީސްތަކުންގެ ކުރިމަތީގައި ހުންނައިރު މިހުންނަނީ އެމީހުންނަށް ރުހިގެންނެވެ. ހަމަ ފުރަގަސްދެވޭއިރަށް އެމީހެއްގެ ނުވަތަ އެބައެއްގެ ނުބައި ވާހަކަތައް ދައްކައި ހެދުމުން މިކުރެވެނީ ކީއްކަން އެނގޭހެއްޔެވެ؟ ޙަޤީޤަތުގައި މިވެވެނީ މުނާފިޤަކަށެވެ. މުނާފިޤުންނަކީ ﷲ ތަޢާލާގެ ލަޢްނަތް ދެދުނިޔޭގައިވެސް ޙައްޤުވެގެންވާ ބައެކެވެ. ލައްނަތް ލައްވަވާނެ ބައެކެވެ. 

ތިބާއަކީ ﷲ ތަޢާލާ ލައްނަތް ލައްވަވާފައިވާ މީހަކުކަމުގައި ވެއްޖެނަމަ ތިބާއަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ ކުރިމަތިވަމުންދާނީ ހިތްދަތިކަމާއި މުޞީބާތްތައް ނޫންހެއްޔެވެ؟ 

ވީމާ ކުރިއެރުމާއި އުފާވެރިކަން ލިބުން އެދޭ މީހާ މިބަޔާންކުރި ކަންތަކަށް، އެހެން މީހުންގެ ވާހަކަ ނުދައްކާ މީހަކަށްވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ! 

އެންމެންވެސް ދުނިޔެއިން އެންމެ އެދޭނެ އެއްކަމަކީ އުފާވެރިކަމުގައި ދިރިއުލެވުމެވެ. އެހެންކަމާއިއެކުގައިވެސް ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އުފާވެރިކަމުގައި ދިރިނުއުޅެވުމެވެ. ވީމާ މިއީ ޙައްލުކުރަން ނުވަތަ ޙައްލު ހޯދަންޖެހިފައިވާ ކަމެކެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން