އަހަރެމެންނަށް ފަރުބަދަތަކަކަށް ވެވިދާނެހެއްޔެވެ؟: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަހަރެމެންނަށް ފަރުބަދަތަކަކަށް ވެވިދާނެހެއްޔެވެ؟: ޑރ. ޝައިޚާ ހައިފާ ޔޫނިސް

މުސްލިމުންނަށް މިޖެހެނީ 2 ކަމެއް ކުރާށެވެ! ފުރަތަމަކަމަކީ ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުމުގައި ވައިރޯޅިއެއްހައި ބާރަށް ކުރިއަރައިގެންދާން މަސައްކަތް ކުރުމެވެ. 2 ވަނަ ކަމަކީ އީމާން ކަމުގައި ފަރުބަދައެއް ފަދައިން ޘާބިތުވުމެވެ.  

ފަރުބަދައެއް ފަދައިން ޘާބިތުވުން ކަމަށް ބުނެވޭ ނަހުގެ މާނައަކީ، ކިތަންމެ ވައިގަދަވިނަމަވެސް ފަރުބަދައެއް ދެއަތަކަށް ނުހެލޭނެއެވެ. ނުވެސް ގުޑާނެއެވެ. ގުޑުވައެއްވެސް ނުލެވޭނެއެވެ. ފިނިމޫސުމުގައި ސްނޯ ފައިބަމުންގޮސް އިތުރު ފަރުބަދައެއްގެ ބޯމިނުގައި ސްނޯހަރުލި ނަމަވެސް ތުރުތުރެއް ނުއަޅާނެއެވެ. ހޫނު މޫސުމުގައި ޙޫނުގަދަވެ ފަރުބަދަ އެކުގައި ހޫނު އަލިފާންހައި ހޫނުވިނަމަވެސް މެއެވެ. ހަމަ ޘާބިތުވެ ހުރި ގޮތަށް ހުންނާނީއެވެ.  

އެކުވެރިންނޭވެ! އީމާންކަމުގައި އަހުރެމެންނަށް މިމިންވަރަށް ޘާބިތުވެވެން އެބަ ޖެހެއެވެ. ވަށައިގެން އަންނަމުން މިދާ ޙަމަލާތައް އައުމެއް ނުހުއްޓޭނެއެވެ. ދާނީވެސް އިތުރުވަމުންނެވެ. އެކަން އެންމެންނަށްވެސް ރަނގަޅަށް އެނގޭނެއެވެ.  

ވަށައިގެން އަންނަމުންމިދާ ހަމަލާތަކުން ސަލާމަތްވެ ހުރެވޭނީ ދިފާޢީ އައްޑަނަ ވަރުގަދަކުރެވިގެންނެވެ. އެއީ މީހާގެ ޢަޤީދާއެވެ. ﷲ ތަޢާލާ އާއި އޮންނަންޖެހޭނެ ގުޅުމެވެ. އެހެން ނޫންނަމަ މީސްތަކުންގެ ޢަޤީދާ ދާނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންނެވެ. ދީނާއި ދުރަށް ޖެހެވެމުންނެވެ. 

އެއިރުން ވެވޭނީ ފަރުބަދަތަކަކަށް ނޫނެވެ. ސަހަރާތެރޭގައި ހުންނަ ވެލިފުނި ތަކަކަށެވެ. އެއިރަކު ވައި އަންނަ މިސްރާބަކުން ވެލިފުނިތައް ހުންނަ ތަންވެސް ދާނީ ބަދަލުވަމުންނެވެ. ވައިމަޑުވުމުން ބަލައިލާއިރު ކުރިން ބަލައިއުޅުނު ވެލިފުނި ފެންނާކަށްވެސް ނުހުންނާނެއެވެ.  

އިސްލާމް ދީނުގައި ޘާބިތުވާން ބޭނުންނަމަ މިދެއްކި މިޘާލުތަކުން ޢިބްރަތް ޙާޞިލްކުރާށެވެ!  

- ޑރ. ޝައިޚާ ހައިފާ ޔޫނިސް

 

މިއަދު އޮންލައިން