ހަމަޖެހުމާ އުފާވެރިކަން ބޭނުންނަމަ ބައްދަލުވެ "އައްސަލާމްޢަލައިކުމް" ކިޔާފައި އަނިޔާވެރިވުން ހުއްޓާލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހަމަޖެހުމާ އުފާވެރިކަން ބޭނުންނަމަ ބައްދަލުވެ "އައްސަލާމްޢަލައިކުމް" ކިޔާފައި އަނިޔާވެރިވުން ހުއްޓާލާށެވެ!: މުފްތީ މެންކް

ދިރިއުޅުމުގައިވެސް އަދި މުޖުތަމައުގެ ކަންކަމުގައިވެސް ހަމަޖެހުމާއި އުފާވެރިކަން އޮންނާނީ އެންމެން އެކަމަށް މަސައްކަތްކޮށްގެންނެވެ. އެއްބައަކު އެމަށް މަސައްކަތްކޮށްފައި އަނެއް ބައަކު މަސައްކަތް ނުކުރާނަމަ އުފާވެރިކަމެއްވެސް އަދި ހަމަޖެހުމެއްވެސް ނުލިބޭނެއެވެ. 

މުސްލިމުން ބައްދަލުވުމުން ކިޔަން ޖެހޭނެ "އައްސަލާމްޢަލައިކުމް"ގެ ލަފްޒީ މާނައަށް ބަލައިފިނަމަ އެއީ ތިބާއަށް ސަލާމްހުޓެވެ! ނަމަވެސް އެއިގެ ޙަޤީޤީ މާނައަކީ ތިބާއަށް ތިމާގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަން ހުއްޓެވެ! އެއްވެސް ބިރުވެރިކަމެއް، ނުރައްކަލެއް ނެތެވެ. 

ނަމަވެސް މިއަދު "އައްސަލާމްޢަލައިކުމް"ގެ މާނަ މިވަނީ މުޅިން ބަދަލުކޮށްލައިފައެވެ. "އައްސަލާމްޢަލައިކުމް" ކިޔައި ބައްދަލުކޮށްފައި އެމީހަކަށް ޙަމަލާވެސް ދެނީއެވެ. އެއްޗެތިވެސް ގޮވަނީއެވެ. އަނިޔާވެރިވެސްވަނީއެވެ. ގެއްލުންވެސްދެނީއެވެ. 

"އައްސަލާމްޢަލައިކުމް" ކިޔައި ގެއަށްވަދެފައި ގޭގައި ތިބޭ މީހުންނަށް ވެސް މިބުނިފަދައިން ކަންކަން ކުރަނީއެވެ. ހިތުގައި ޖައްސައި ރޮއްވަނީއެވެ. ތަޅައި އަނިޔާވެސްކުރަނީއެވެ. 

މީސްތަކުންނޭވެ! މިގޮތަށް ކަންކަން ނުކުރާށެވެ! "އައްސަލާމްޢަލައިކުމް" އެއިގެ ފުރިހަމަ މާނައިގައި ބޭނުންކުރާށެވެ! އެއިރުން ދިރިއުޅުމުގެ ގިނަ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ! މީސްތަކުންނާއިއެކު އުފަލުގައި ދިރިއުޅެން ފަސޭހަވެގެންދާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން