ހެޔޮލަފާ ތަޤްވާވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ނޫރު އެމީހުންގެ މޫނުގަ ވިދާބަބުޅާނެ! ހެޔޮލަފާ ތަޤްވާވެރިންނަށް އެ ނޫރު ފެންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހެޔޮލަފާ ތަޤްވާވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ނޫރު އެމީހުންގެ މޫނުގަ ވިދާބަބުޅާނެ! ހެޔޮލަފާ ތަޤްވާވެރިންނަށް އެ ނޫރު ފެންނާނެ!: މުފްތީ މެންކް

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވެވިއިރު ޔަހޫދީންގެ ތެރޭގައި ތިބި ހެޔޮލަފާ މާތް މީހުންނަށް އިތުރުއެކަލޭގެފާނު ފެނުމާއިއެކު އިތުރުއެކަލޭގެފާނަކީ ދޮގުވެރިއެއް ނޫންކަމާއި ތެދުވެރިއެއްކަން ވަކިކޮށް ދެނެގަންނަން އެނގުނީ އެމީޙުންނަކީ ޔަހޫދީންކަމުގައިވީނަމަވެސް މާތް ބައަކުކަމުގައިވުމުންނެވެ. އެމީހުން އަވަސް އަވަހަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވީ އެހެންވެގެންނެވެ. އެއިގެ ތެރެއިން އެއް ބޭކަލަކީ ޢަބްދުﷲ ބުން ސަބަޙްއެވެ.  

ހެޔޮލަފާ ރަނގަޅު މީހުންނަށް ދޮގުވެރިންނާ ތެދުވެރިން އެމީހުންގެ މޫނުން ވަކިކުރަން އެނގޭނެއެވެ. އެމީހަކީ ހެޔޮލަފާ މީހެއްކަންވެސް އަދި ނުބައި ނުލަފާ ޖާހިލެއްކަންވެސް މޫނުން އަންގައިދޭނެއެވެ. މިކަމަށް އޮތް ޝަރުޠަކީ އެމީހަކީ ތެދުވެރި ތަޤްވާވެރިއެއްކަމުގައިވުމެވެ.  

މިބުނި ފަދައިން ތެދުވެރިންނާއި ދޮގުވެރިން ވަކިކުރަން އެނގެނީ ތެދުވެރިންގެ މޫނުމަތީގައިވާ ނޫރަކުންނެވެ. އެނޫރު ފެންނާނީ ކުރިންވެސް މިބުނި ފަދައިން ތެދުވެރި ތަޤްވާވެރިންނަށެވެ. 

މީހުންނާއި ބައްދަލުވުމުން އެއީ ނުބައި މީހެއްނަމަ އެކަން ދެނެގަންނަން ނުއެނގެނީ އަހަރެމެންގެ ކިބައިގައި އެކަން ދެނެގަތުމަށް ބާރުލިބެންވާވަރަށް ތަޤްވާވެރިކަން ނެތުމުންނެވެ. ދެންމިވާގޮތަކީ މީހާ ރީތިވެފައި ރީތި ހެދުމެއްގައި ހުރެއްޖެނަމަ އެއީ ރަނގަޅު މީހެއްކަމަށްބެލެނީއެވެ. އޭނާގެ ބޭރުފުށުގެ ސިފަތަކަށްބަލައި ގޮތް ނިންމައިލެވެނީއެވެ.  

މީސްތަކުންނޭވެ! ކިތަންމެ ކަޅު، ސިފަ ހުތުރުމީހަކުނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރިނަމަ އެމީހާގެ މޫނުމަތިން އޭނާގެ ތަޤްވާވެރިކަން އަންގައިދޭނެއެވެ! އޭނާގެ މޫނުގައި ދިއްލިފައިވާ ނޫރެއްވާނެއެވެ. އެނޫރުގެ އަލިކަން ފެންނާނީ ވެސް ހަމައޭނާފަދަ ތަޤްވާވެރިންނަށެވެ.

މިޒަމާނުގައި ނުބައި މީހުންދެކެ ލޯބިވެވުމާއި އެފަދަ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅެވުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސްބައަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ވީމާ އެފަދަ މީހުން ދެނެގަތުމަށްޓަކައިވެސް ތިމާއަކީ ތަޤްވާވެރިއަކަށްވެ ނޫރު ލިބިފައިވާ މީހަކަށްވުމަށް މަސައްކަތްކުރާށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން