ހިތްދަތިވެ ރޮވެނީ ފަހަތުން ﷲ ތަޢާލާ ފޮނުއްވަވާ ރަޙްމަތުގެ ބޮޑުކަން އިޙްޞާޞްވެސް ނުކުރެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިތްދަތިވެ ރޮވެނީ ފަހަތުން ﷲ ތަޢާލާ ފޮނުއްވަވާ ރަޙްމަތުގެ ބޮޑުކަން އިޙްޞާޞްވެސް ނުކުރެވޭތީ!

ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާގެ މަގުގައި ޝަހީދަކަށް ވެވޭނީ ޖިހާދުގެ މައިދާނަށް ނުކުމެގެން ފަދައިން ހަނގުރާމައަކުން ނަޞްރުލިބޭނީ ހަނގުރާމަކުރުމުންނެވެ. އެހެންކަމަށްވާއިރު ކެތްތެރިކަމުން ހޯދެން އޮތް ޘަވާބާއި ދަރުމަ ލިބުން އޮތީ ކެތްތެރިވާންޖެހޭ ކަންކަން ކުރިމަތިވެގެންނެވެ!

ވީމާ އެއްވެސް ހިތްދަތިކަމަކީ، މުޞީބާތަކީ ދަތި އުނދަގޫކަމެއްކަމަށް ނުދެކޭށެވެ! ރަހްމަތެއްކަމުގައި ދެކޭށެވެ!

އަހަރެމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުޞީބާތާއި ހިތްދަތިކަން ކުރިމަތިވުމަކީ ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށެވެ. ނަމަވެސް އެކަމުގެ އަޞްލަކީ އެއީ ލިބޭނެ އެންމެ ބޮޑު ފައިދާކަމެވެ.

ﷲ ތަޢާލާ އެންމެ ބޮޑު ނިޢްމަތް މިންވަރުކުރައްވަވަނީ މީހާ ކެތްތެރިވުމުންނެވެ. މުޞީބާތާއި ހިތްދަތިކަން ކުރިމަތިނުކުރައްވަވާނަމަ ކެތްތެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކެތްތެރިވުމުގެ ފުރުޞަތު ނުލިބި ކެތްތެރިކަން ދައްކައިދޭނީ ކިހިނަކުން ހެއްހެވެ؟ އެކަމެއް ނުކުރެވޭނެއެވެ.

ވީމާ މުޞީބާތާއި ހިތްދަތިކަން މިންވަރުކުރައްވަވަނީ ކެތްތެރިވުމުގެ ފުރުޞަތު ދެއްވެވުމަށެވެ. ކެތްތެރިވީވަރަކަށް އެމީހަކަށް ނިޢްމަތްތައް ދެއްވަވަތެވެ. ރަޙްމަތް ލައްވަވަތެވެ. ފާފަތައް ފުއްސަވައި ދެއްވަވަތެވެ.

މިއީ ﷲ ތަޢާލާގެ ސުންނަތެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ!" (.) "ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ." (.) ( 94:5،6)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން