ﷲ އާ އެކުގަ ކުރިއަށް ދެވޭނެ މަގު- ތަނަވަސްކަން އިތުރުނުވުމާ އެހެން ކަންކަމުންވިޔަސް ކުރިނާރާނަމަ އެންމެ ގާތީ ﷲ އާއެކުގަ ކުރިއަށްދާން މަސައްކަތް ނުކުރެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ﷲ އާ އެކުގަ ކުރިއަށް ދެވޭނެ މަގު- ތަނަވަސްކަން އިތުރުނުވުމާ އެހެން ކަންކަމުންވިޔަސް ކުރިނާރާނަމަ އެންމެ ގާތީ ﷲ އާއެކުގަ ކުރިއަށްދާން މަސައްކަތް ނުކުރެވުން-

ވަރަށް އާދައިގެ ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ތިބާއަކީ ތަނަވަސްކަން ދެއްވަވާފައިވާ އަޅެކެވެ. ނަމަވެސް އެންމެ ބޮޑެތި ބިލިއަނަރުންނަށް ދެއްވެވި ފަދައަކުން ނޫނެވެ. މިލިއަނަރުންގެ ފެންވަރުގައެވެ. 

ތިބާއަށް އެގޮތެއް ކަމަކު ނުދިއައެވެ. ބޭނުންވަނީ ބިލިއަނަރަކަށްވާށެވެ! އެހެންވެ ހުރިހާ ވަޤުތެއް ހޭދަކުރަނީ މަސައްކަތުގައެވެ. ނަމާދުކޮށްލެވޭ ކަމަކަށް ނުވެއެވެ. އެހެން އަޅުކަމެއް ކޮށްލާނެވެސް ވަޤުތުކޮޅެއް އޮންނަ ކަމަކަށް ނުވެއެވެ. 

އެވަރަށް މަސައްކަތްކުރާއިރުވެސް ކުރިއަށް ދެވޭ ކަމަކަށް ނުވެއެވެ. 10 ކުރިއަރައިފިއްޔާ 12 ދަށަށް ވެއްޓެއެވެ. އެހެންވީމާ ކުރިއަރާނީ ކިހިނަކުންހެއްޔެވެ؟ 

ފުރަތަމަ ކަމަކީ ތިބާއަށް އެހައިބޮޑު ތަނަވަސްކަމެއް ދެއްވެވުމުންވެސް ނުފުދިގެން އުޅޭއިރު އެހައިވަރަށް ތަނަވަސްކަން ދެއްވަވައިފިނަމަ ޝުކުރުވެރިވެ ﷲ ތަޢާލާގެ މަގުގައި ބޮޑެތި ހޭދަތައް ކުރާނެ މީހުން މިލިއަނުން އެބަތިއްބެވެ. އަދި ހައިހޫނުކަން ފިލުވެން ނެތި، އަސާސީ ބޭނުންތައް ނުފުއްދިފައި ބިލިއަނުން މީހުން އެބަ ތިއްބެވެ. 

އެކަމަކުވެސް މިލިއަނުން ތިބާއަށް ޝުކުރުވެރިއެއް ނުވެވުނެވެ. ކުރިންވެސް ބުނިފަދައިން  ނަމާދުކޮށްލެވޭ ކަމަކަށް ނުވެއެވެ. އެހެން އަޅުކަމެއް ކޮށްލާނެވެސް ވަޤުތުކޮޅެއް އޮންނަ ކަމަކަށް ނުވެއެވެ. އެހެންކަމަށްވާއިރު ބިލިއަނަރަކަށް ވެވިއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލާނެ ވަޤުތުކޮޅެއްވެސް ގާތީ ނުލިބުން ނޫންހެއްޔެވެ؟ 

ތިބާ ކިތަންމެ ގިނައިން ދުޢާކުރިނަމަވެސް އަދި ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ކުރިނާރައިގެންތިއައުޅެނީ އެހެންވެގެންނެވެ. 

ގޮތް ބަލަން ނަމަވެސް ﷲ ތަޢާލާ އާއިއެކު ކުރިއަށްދާން ނިކަން ަމސައްކަތް ފަށައިބަލާށެވެ! މިޘާލަކަށް ފަރުޟުތައް އަދާކުރަމުން އަދި ސުންނަތްވެސް ކުރަމުން ކުރިއަށްދާން ނިކަން މަސައްކަތް ފަށައިބަލާށެވެ! ކާމިޔާބުވާނެ!: އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން