ނަމާދު އަޅާފައާއި ރޭގަނޑު ހޭލާތިބެގެން ކޮފީބޯއިރު ސުވަރުގެއިން ލިބޭނެ ކޮފީ މާމީރުވާނެކަން ނޭނގެނީ ހެއްޔެވެ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނަމާދު އަޅާފައާއި ރޭގަނޑު ހޭލާތިބެގެން ކޮފީބޯއިރު ސުވަރުގެއިން ލިބޭނެ ކޮފީ މާމީރުވާނެކަން ނޭނގެނީ ހެއްޔެވެ؟: ބިލާލް އައްސަދު

ނަމާދުކުޜާ ބައެއް މީހުންނަށް ޖަމާއަތަށް ނަމާދަސް ނުދެވޭ ސަބަބަކަށް ކޮފީ އެބަވެއެވެ. ރޭގަނޑު ހޭލާ ތިބެގެން ކޮފީ ބުއިމަކީ ފަތިސްނަމާދަށް ނުހޭލެވުމުގެ ބޮޑުފާފައިގެ އިތުރުން ޢާއިލާ ރޫޅެން މެދުވެރިވާ ސަބަބަކަށް އެބަވެއެވެ.  

ފަތިސްނަމާދަށް ނުހޭލެވުން ފާފައަކަށް ނުވާނީ ހޭލަންކުރަންޖެހޭ ކަންކަން ކޮށްގެން ނިދުމުންވެސް ނުހޭލެވިއްޖެނަމައެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަންކަން ކުރުމުގެ ސަބަބުން ނުހޭލެވިއްޖެނަމަ އެކަން ވާނީ އޭނާކުރި ފާފައަކަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކޮފީ ބޯން ހޭލާތިބުމަކީ ފާށފައަކަށްވުމުގެ ފުރުޞަތު އޮތް އިރުވެސް އެކަން އެގޮތަށް ކުރަންވެދާނެހެއްޔެވެ؟  

މިހާރުގެ ގިނައިން ކޮފީބޯ ޒުވާނުންނަށް ޚާއްޞަ ބަހެއްވެސް ބުނެލާނަމެވެ. ކޮފީއަކީ ޙަލާލް އެއްޗެކެވެ. ވީމާ ސުވަރުގޭގައި ތިބާވާއިރު ތިބާ ބޭނުންނަމަ މާމީރު ކޮފީ ލިބޭނެއެވެ! އިން ޝާ ﷲ

އެހެންވީމާ ސުވަރުގެއިން ލިބޭނެ މާމީރު ކޮފީ ބުއިމަށް އެދޭމީހާ ނަމާދުވަގުތު ޖެހުމުން ނަމާދުނުކޮށް ކޮފީބޯން ނުތިބޭށެވެ! އަދި ރޭގަނޑުގެ ވަގުތައްވެސް ކޮފީބޯން ހޭދަނުކޮށް އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލާށެވެ! ކޮފީ ބޯން ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ މީހުންނަށް ފަތިސް ނަމާދަށް އޮންނަނީ ނުހޭލެވިފައެވެ.  

ކޮފީބޯހިތްވާ ޒުވާނުން ކޮފީބޯށެވެ! ނަމަވެސް ދީނުގެ ކަންކަމަށް ފުރިހަމައަށް ރައްކައުތެރިވާށެވެ! ވަގުތުގެ އަގުވަޒަންކުރާށެވެ! ވަގުތަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. އެ ނިޢްމަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފާށެވެ! ވަގުތުތައް އިސްރާފްކުރުމަކީ ފާފައެކެވެ. ފާފަކުރުމުން ސަލާމަތްވާށެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން