މިސްކިތުގެ ޖަމާއަތަށް ހިނގާފަ ނަމާދަށް ދިއުމަށްވުރެ ފައިދާބޮޑު ކަމެއް އެބައޮތްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިސްކިތުގެ ޖަމާއަތަށް ހިނގާފަ ނަމާދަށް ދިއުމަށްވުރެ ފައިދާބޮޑު ކަމެއް އެބައޮތްތަ؟

އަހަރެން ބެލިބެލުމުން މިސިކިތުގައި ޖަމާއަތުގައި ކުރެވޭ ނަމާދުތަކަށް ހިނގާފައި މިސްކިތަށް ދިއުމަށްވުރެ ފަސޭހައިން ކުރެވެންއޮތް، ފައިދާބޮޑުކަމެއް ފެންނާކަށް ނެތެވެ. އޮތްނަމަ އެނގޭ މީހަކު ނިކަން ބުނެދީބަލާށެވެ!

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވެވިއެވެ:

(من حين يخرج أحدكم من منزله إلى مسجده فرجل تكتب حسنة والأخرى تمحو سيّئة)صححه الألباني. "

މާނައީ: ތިއަބައިމީހުންކުރެ މީހަކު މިސްކިތަށް ދިއުމަށްޓަކައި ގެއިން ނުކުންނަ ހިނދުން ފެށިގެން އެއް ފިޔަވަޅުން ހެޔޮކަމެއް ލިޔެވި އަނެއް ފިޔަވަޅުން ފާފައެއް ފޮހެދެތެވެ."

ފަރުޟު ނަމާދަށް މިސްކިތަށް ދިއުމަކީ ނަމާދުކުރުމުން ލިބޭ ސަވާބުގެ އިތުރުން ގިނަ އަދަދެއްގެ ފާފަ ފުހެވި، ގިނަ އަދަދެއްގެ ސަވާބު ލިބޭ ކަމެކެވެ. ފިރިހެނުން (މަޤްބޫލް ޢުޛުރެއް ނެތި) ގޭގައި ނަމާދުކުރާނަމަ މިސްކިތަށް ދިއުމުން ލިބޭ ގިނަ ފައިދާތައް ނުލިބޭކަން ޙަދީޘްފުޅުން އެނގިގެންދެއެވެ.

ލޮބުވެތި އަކުންނާއި އުޚުތުންނޭވެ! އެޒަމާނުގައި ސައިކަލާ ކާރުފަދަ އެއްޗެތި ނުހުރެއެވެ. ދަތުރުކުރަން ބޭނުންކުރީ ޖަމަލު، ޙިމާރު ފަދަ ތަކެއްޗެވެ. މިސްކިތައް ރޭގަނޑު އަނދިރީގައި ދުރުން ވަޑައިގަންނަވަން އުނދަގޫފުޅުވާނެތީ ޙިމާރެއް ދޭން އުޅުމުން ޞަޙާބީއަކު ވަނީ ދެކޮޅު ހައްދަވައިފައެވެ. އެއީ ދުރުން ވަޑައިގަތުމުން އަޅުއްވަން ޖެހިވަޑައިގަންނަވާނެ ފިޔަވަޅުތައް ނުއެޅުއްވޭނެތީއެވެ.

ސައިކަލުގައި މިސްކިތަށް ދާން ބޭނުންވާ މީހުން ސައިކަލުގައި ދިއުމުންވެސް ޘަވާބު ދެއްވަވާނެތެވެ. ނަމަވެސް ގިނައިން ލިބެން މިއޮތީ ހަމަ ހިނގާފައި ދިއުމުންނެވެ. ވީމާ ވީވަރަކުން މިސްކިތަށް ފައިމަގުގައި ހިނގާފައިދާން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން