ނިމިގެންދިއަ ދިރާސީ އަހަރު ދަރިންނަށް އަޅާނުލި ބައްޕައިން ދެން ފެށޭ ދިރާސީ އަހަރު ފެށެންވާއިރަށް އިޞްލާޙްވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނިމިގެންދިއަ ދިރާސީ އަހަރު ދަރިންނަށް އަޅާނުލި ބައްޕައިން ދެން ފެށޭ ދިރާސީ އަހަރު ފެށެންވާއިރަށް އިޞްލާޙްވަމާ!

މިއަހަރުގެ ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދުވީއެވެ. ޗުއްޓީ ލިބުމުން ދަރިން އެންމެ ބޮޑަށް އެދޭނީ އެކުދިންގެ މައިންބަފައިންނާއިއެކުގައި ވަޤުތުކޮޅެއް ހޭދަކުރާށެވެ! އެކަމަށް ދަރިން އިންތިހާއަށް އެދެމުން އަންނައިރު ނިމިގެންދިއަ ދިރާސީ އަހަރުގެ އެންމެ ދުވަހަކުވެސް ދަރިފުޅަށް ނުފެންނަ ބައްޕައިންނަކީވެސް މަދު ބައެއް ކަމަށް ބުނެވޭކަށް ނެތެވެ.

ސްކޫލްތަކުގެ ދިރާސީ އަހަރު ނިމި ސްކޫލްތައް ބަންދުވާކަން ނުއެނގޭ ބައްޕައިން ތިބޭފަދައިން ބަންދު ނިމި ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފެށީމާ އެކަންވެސް އެއްގޮތަކަށްވެސް ނުއެނގޭ ބައްޕައިން ތިބޭ ކަމުގެ ޝަކުވާ މައިން އަންނަނީ އަބަދުވެސް ކުރަމުންނެވެ.

ބައެއް މައިން ބުނަނީ ދަރިންގެ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަމަށެވެ. ވަރިކުރިފަހުން ލޮލަސްވެސް ނުފެންނަ ކަމަށާއި ދަރިފުޅުގެ ޚަރަދަށްވެސް އެއްވެސް ފައިސާއެއް ނުދޭކަމަށެވެ.

ކޮނަމެއަކަސް ޢުމުރުން ފާއިތުވެގެންދާ އެންމެ ދުވަޖހެއްވެސް އަނބުރައެއް ނުގެނެވޭނެއެވެ. ނަމަވެސް ކުރިއަށް އޮތްތަން އިޞްލާޙްކުރެވިދާނެއެވެ. ދަރިންނާއި މިހައިތަނަށް އަޅާނުލައިތިބި ބައްޕައިންނަށް ކުރިއަށް އޮތްތަނުގައި އެހީތެރިވެދެވިދާނެއެވެ.

ތިރީގައިވާ ލިޔުންކޮޅު ވިދާޅުވެލައްވާށެވެ!

"އަނބިމީހާގެ މައްސަލައެއްގައި ކައިވެނި ރޫޅައިލަން ޖެހިއްޖެ ނަމަ ބައެއް ބައްޕައިންނަށް ޤަބޫލުކުރެވެނީ އެހިސާބުން ދަރިންގެ ކަންކަން ވެސް ބަލަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ހުއްދަކުރާ ގޮތެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅައިލަން ޖެހުނު ނަމަވެސް ދަރިންގެ ޚަރަދުތައް ކުރަން ޖެހޭނީ ބައްޕައަށެވެ. ދަރިންގެ ޒިންމާ އުފުލަން ޖެހޭ އިސް މީހަކީ ބައްޕައެވެ. އެކަންކަން ބައްޕަގެ ކިބައިން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ.

މަންމަގެ ކިބައިގައި ތަނަވަސްކަން ހުރެފައި ޚަރަދުކުރަން ބޭނުންނަމަ މަންމަ ޚަރަދުކުރުމަކީ ތަފާތު މައްސަލައެކެވެ. އެ ޙާލަތުގައިވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ ބައްޕައަށެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި ދަރިންގެ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ."

-- މުފްތީ މެންކްގެ ދަރުސަކުން މުފްތީ މެންކުގެ މި ބަސްފުޅުން އެނގިގެންދަނީ ފިރިމީހާ ބޭނުންވެގެން ވަރިކުރިނަމަވެސް އަދި އަނބިމީހާ ބޭނުންވެގެން ވަރިވި ނަމަވެސް ދަރިންނަށް ޚަރަދުކުރަންޖެހުމުގެ ޒިންމާއިން ބައްޕައިންނަށް ސަލާމްތް ނުވެވޭނެ ކަމެވެ. އަދި ދެމަފިރިން ވަޒީފާ އަދާކުރިނަމަވެސް އަނބިމީހާއަށް ލިބޭ މުސާރައިން ޚަރަދުކުރަން މަޖުބޫރު ނުކުރެވޭނެ ކަމެވެ

މިއަދު އޮންލައިން