މަންމައާއި ވާހަކަ ބުދެއްކޭތާ އެތައް އަހަރެއްފަހުން ކެތްނުކުރެވިގެން ވާހަކަ ދެއްކޭނެ ގޮތް ހައްދަވައި ދެއްވަވަން އެދުނުތާ މިނިޓެއްގެ ތެރޭގައި ވާހަކަ ދެއްކުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަންމައާއި ވާހަކަ ބުދެއްކޭތާ އެތައް އަހަރެއްފަހުން ކެތްނުކުރެވިގެން ވާހަކަ ދެއްކޭނެ ގޮތް ހައްދަވައި ދެއްވަވަން އެދުނުތާ މިނިޓެއްގެ ތެރޭގައި ވާހަކަ ދެއްކުނު މީހެއްގެ ވާހަކަ-

މުޢްޖިޒާތެއް ފަދަ ކަންކަން ދައްކަވައި ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވުމުން، ޚާއްޞަކޮށް ވަޤުތުން ދެއްކެވުމަށް އެދި ދެންނެވުމުން ޢިޖާބަ ކުރައްވަވާނެ ކަމަށް ޤަބޫލުނުކުރެވުނު ނަމަވެސް އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. 

މިފަދަ މޭރުމުން ދެންނެވުމަކީ މުސްލިމަކު ކުރާނެ ޒާތުގެ ކަންކަމެއްވެސް ނޫނެވެ. ނަމަވެސް ލިބޭ މާޔޫސްކަމުގެ ތެރެއިން އެފަދަ ގޮތްގޮތަށް ދެންނެވިފައި އެބަހުއްޓެވެ. އަދި ޢިޖާބަކުރައްވަވާފަިވެސް އެބަ ހުއްޓެވެ. 

އެފަދަ ވާހަކައެއް ޙިއްޞާކޮށްލަން ބޭނުމެވެ. ޙިއްޞާ މިކުރަނީ މުސްލިމެއްގެ ވާހަކައެއްވެސް ނޫނެވެ. އެކަމަކު އޭނާއަކީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރާ މީހެކެވެ. އެއިރު އޭނާގެ މަންމައާއި އޭނާ ޢާއި އެއްވެސް ގުޅުމެއް ނެތި ވާހަކަވެސް ނުދައްކައތިބޭތާ އެތައް އަހަރެއް ވެއްޖެއެވެ. ފޯނުބަދަލުވެ ދަރިފުޅަށް ވަނީ މަންމަގެ ނަންބަރުވެސް ގެއްލިފައެވެ. 

އޭނާއަށް އެކަމަށް ކެތް ނުކުރެވިގެން އެއްރޭ މެންދަމުގެ ވަޤުތެއްގައި ﷲ އަށް ދެންނެވިއެވެ.

"މިއަޅާގެ މަންމައާއި މިއަޅާއަށް ވާހަކަ ދެއްކޭނެ ގޮތް ހަމަމިހާރު ހައްދަވައިދެއްވަވާނދޭވެ!" 

އޭނާ އެގޮތަށް ދެންނެވީ ރޮމުންނެވެ. ދެންނެވިތާ މިނިޓެއްވެސް ނުވަނީސް ނުދަންނަ ނަމްބަރަކުން ކޯލެއް އައުމުން ބިރުންހުރެމެ ޖަވާބުދިންއިރުވީ މަންމަގެ ކޯލަކަށެވެ. ދަރިފުޅަށް އެއިރުވެސް ރޮވެއެވެ. މަންމައަށްވެސް ރޮވެއެވެ. މަންމަ ގާތުގައި ރޮނީ ކީއްވެގެންތޯ ސުވާލުކުރުމުން ދިން ޖަވާބުން އެނގުނީ ހުވަފެނުގައި ދަރިފުޅަށް ގުޅަން މީހަކު ބުނީ ކަމަށެވެ. މަންމަގެ ބަހުރުވައިންނަމަ ދަރިފުޅަށް ގުޅަން ﷲ އެންގެވީއެވެ. 

މީސްތަކުންނޭވެ! މިބާވަތުގެ ކިތަންމެ ކަމެއް ހިނގައެވެ. ކިޔައި ނުދޭތީ ނުއެނގެނީއެވެ. މިއެނގެނީ ކިޔައިދޭ މީހެއްގެ ފަރާތުން އެނގޭ ވަރަށް މަދު ކަމެކެވެ. އެނގޭ ކަންކަން ކިތަންމެ މަދުނަމަވެސް މިލިއަނަކުން ކަމެއް ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ދެން ތިބި އެންމެންނަށްވެސް އޮތީ އެކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. ޢިބްރަތް ޙާޞިލުކުރުމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަން ޤަބޫލުކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން