ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ސުންނަތަކަށްވުމުން އެގޭގެ މީހުން ނިދާގަޑީގަ ގޮސް އުނދަގޫކުރުމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ސުންނަތަކަށްވުމުން އެގޭގެ މީހުން ނިދާގަޑީގަ ގޮސް އުނދަގޫކުރުމެއް ނެތް!: މުފްތީ މެންކް

ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި ޒިޔާރަތް ނުކުރެވުނު ނަމަވެސް އެމީހުންނަށް ޝިފާ ދެއްވެވުން އެދި ދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  

ބަލިމީހުންނަށް ޒިޔާރަތްކުރަން އެއްބައަކު ދަނީ އެގޭގެ މީހުންނަށް ރަނގަޅަށް ތައްޔާރުނުވެވެނީހެވެ. އަނެއްބައަކު ދަނީ އެގެއެއްގެ މީހުން ނިދަން އޮށޯންނަން އުޅޭ ވަޤުތުގައެވެ. މިފަދައި ވަޤުތުތަކުގައި ގޮސް ދެތިން ގަޑިއިރުވެސް އެގޭގައި އެބަ ހޭދަކުރެއެވެ. އެއިރު އެމީހުނަށް ވާނެ ދަތިތައް މަތިން ވިސްނައިވެސް ނުލެވެއެވެ. 

ބަލިވުމުން ޒިޔާރަތް ކުރުމުގެ ސުންނަތަށް ޢަމަލުކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އެކަމުގެ ސަބަބުން ބަލިމީހާއަށްވެސް އަދި ބަލިމީހާ ބަލަހައްޓައިދޭ އެހީތެރިންނަށްވެސް އެއްވެސް ތަކްލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށެވެ.  

މިހެން ބުނަން މިޖެހެނީ މިހާރުގެ ގިނަ ގެތަކަކީ ވަރަށް ކުދިކުދި ގެތަކެކެވެ. އެހާގިނަބައަކު އެތަންކޮޅުގައި ދިރިއުޅެއެވެ. ވީމާ މިހުރިހާ ކަންކަމަށް ވިސްނައިގެން ޢަމަލުކުރުމުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ.  

އެމީހަކަށް ދެވެން އޮންނަ ވަޤުތަކީ އެގެއެއްގެ މީހުންނަށް އުނދަގޫވާނެ ވަޤުތެއް ނަމަ ނުގޮސް ފޯނުން ގުޅައި ޙާލުބަލާށެވެ! އެހީތެރިކަންވެސް ފޯރުކޮށްދޭށެވެ! އެކަމަކު ބުނަން ހެއްޔެވެ؟ މިހެންބުނީތީ ޢާއިލާގެ މީހުން ކުރަންވީ ފޯނެއް ނޫނެވެ! ޢާއިލާގެ މީހުންނަކީ ކޮންމެ ވަޤުތަކުވެސް ގޭގެއަށް ވަދެވޭނެ ބައެކެވެ. އަދި ބަލިމީހާ އެދޭނީވެސް ވީހައި ގިނައިން ފެނުމަށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން