މިސުވާލަށް ﷲ ގެ ކުރިފުޅުމަތީގަ ހުއްޓިހުރެ ﷲ ރުހިވޮޑިގަންނަވާނެ ޖަވާބެއް ނުދެވިއްޖެ ނަމަ އެމީހަކީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހެއް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މިސުވާލަށް ﷲ ގެ ކުރިފުޅުމަތީގަ ހުއްޓިހުރެ ﷲ ރުހިވޮޑިގަންނަވާނެ ޖަވާބެއް ނުދެވިއްޖެ ނަމަ އެމީހަކީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހެއް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އެއްވެސް މީހަކު ދުނިޔޭގައި އުޅެންވީ ދުނިޔެއިން ނުވަތަ ދުނިޔޭގައި ލިބޭ ނިޢްމަތްތަކުގެ ބޭނުމުގައެއް ނޫނެވެ. މީޘާލަކަށް ބުނާނަމަ ތަނަވަސްކަން، އަނބިން، ފިރިން، ދަރިން، ރީތިގެއެއް، ދުއްވާނެ އަގުބޮޑު ކާރެއް ފަދަ ކަންކަމަށް އެދިގެނެއް ނޫނެވެ. 

ދުނިޔޭގައި އުޅެން އޮތީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ސުވަރުގެ ޙާޞިލްކުރުމެވެ. އެކަން ޙާޞިލްކުރެވެން އޮތީ، ނުވަތަ ސުވަރުގެ ލިބެން އޮތީ ހަމަ އެންމެ ގޮތަކުންނެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. ދިރިއުޅުމުގެ މަންހަޖަކީ ކީރިތި ޤުރްއާނާއި ސުންނަތް ކަމަސް ހަދައިގެންނެވެ. 

މިތަނުގައި މިތިބަ އެންމެންނާއި ސުވާލެއް ކޮށްލާނަމެވެ. އެ ސުވާލަށް މިތަނުގައި މިތިބަ އެހެން މީހުންނަށް އަޑު އިވޭވަރަށް ޖަވާބުދޭނެކަމެއް ނެތެވެ. ހަމައެކަނި ތިމާގެ އަމިއްލަ ނަފްސަށް ޖަވާބު ދިނުމުން ނިމުނީއެވެ. 

އެ ސުވާލަކީ ﷲ ތަޢާލާގެ ޙަޟްރަތުގެ، އެކަލާނގެ ކުރިފުޅުމަތީގައި ހުއްޓިހުރެ، ތިމާ ދުނިޔޭގައި އުޅެމުން މިގެންދަނީ ﷲ ތަޢާލާ މީސްތަކުންނަށް އުޅެން އަންގަވާފައިވާ ގޮތަށް ކަމަށް ބުނަން ކެރޭނީ ނުވަތަ ބުނެވެން އޮތީ ކިތައް މީހުންނަށް ހެއްޔެވެ؟ 

މިސުވާލުގެ ޖަވާބު އެއްވެސް މީހެއްގެ ކިބައިން އަހުރެން ބޭނުމެއް ނުވެއެވެ. ސަބަބަކީ ﷲ ތަޢާލާގެ ކުރިފުޅުމަޓީގައި ހުއްޓިހުރެ އެމީހަކު ދުނިޔޭގައި އުޅުނު ގޮތާއިމެދު ޖަވާބުދާރީވބާންޖެހޭ ދުވަހެއް އަންނާނެތީއެވެ. މިސުވާލަށް ޖަވާބު ނުދީ ހަމައެކަކަށްވެސް ސަލާމަތް ނުވެވޭނެތީއެވެ. ޚުދު އަހުރެންނަށްވެސްމެއެވެ. 

އެކުވެރިންނޭވެ! އަހުރެމެންގެ ހުރިހާ ސަމާލުކަމެއް ދޭންވީ ދެންމެ މިބުނި ސުވާލު ތިމާއާއި ކުރެވޭނެ ދުވަހަކަށެވެ. ސުވާލުކުރެވުމުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ފަދަ ޖަވާބެއް ދެވޭނެ މީހަކަށްވުމަށެވެ. ނޫންނަމަ އެމީހަކަށްވުރެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހަކު ނުހުންނާނެއެވެ. 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން