އެމީހަކަށް މީރުހައި ތަކެތި ބަނޑުފުރޭވަރަށް ކާން ރިޒުޤް ދެއްވެވީމާ ހަމަ ވަޤުތުން ރިޒުޤް ދެއްވެވި ﷲ އަށް ނުކިޔަމަންތެރިވާ މީހުން- ބިރުގަންނަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމީހަކަށް މީރުހައި ތަކެތި ބަނޑުފުރޭވަރަށް ކާން ރިޒުޤް ދެއްވެވީމާ ހަމަ ވަޤުތުން ރިޒުޤް ދެއްވެވި ﷲ އަށް ނުކިޔަމަންތެރިވާ މީހުން- ބިރުގަންނަން ޖެހޭނެ!

އިންސާނުން ނޫން އެހެން މަޚްލޫޤުންނަށް އޮންނަ ގޮތަކީ ބަނޑުފުރިގައިވާނަމަ ހުރިހާ ބޭނުމެއް ފުދުނީއެވެ. އަރާމުގައި އަވަހަށް ނިދާލަންވީއެވެ. ނުވަތަ އޮށޯވެލައިގެން އޮންނަންވީއެވެ. އެކަމަކު އިސްސާނުންނަށް މިވާގޮތަކީ ބަނޑުފުރިއްޖެނަމަ ދެން ބޭނުންވާ ކަންކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. 

އެންމެ އާދައިގެ މިޘާލެއްގެ ގޮތުން ބުނާނަމަ ވަރަށް މީރުކޮށް ރޭގަނޑު ކައި ނިމުނީއެވެ. ކުރާނެ އިތުރު މަސައްކަތެއްވެސް ނެތެވެ. ގެއިން ބޭރަށް ދާންޖެހޭ ސަބަބެއްވެސް ނެތެވެ. އެކަމަކު ކައި ނިމިގެން ގެގައި މަޑުކޮށެއް ނުލައެވެ. ކޮންމެވެސް ތަނަކަށް ދެއެވެ. އެއް ބައަކު ކޮންމެވެސް ކުޅިވަރެއް ކުޅޭށެވެ. އަނެއް ބައަކު އެކުވެރިންނާއިއެކު ކޮފީއަކަށެވެ. އަދި ކީއްހެއްޔެވެ؟ ކަނޑައެޅިގެން ފާފަކުރަން ނައިޓްކްލަބްތަކަށްދާ މީހުންވެސް އުޅެއެވެ. 

އެކަމަކު ތިމާއަށް ރިޒުޤާއި އަދި ޚަރަދުކުރާނެ ފައިސާވެސް ދެއްވެވި ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެހެން ހޭލައިހުންނަން ޖެހިގެން ނޫނީ ޜޭގަނޑު ހޭލައި ނުހުރުމަށެވެ. ދެން ނިކަން ބުނެބަލާށެވެ! އަހުރެމެންގެ ވިސްނުން މިހުރީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ޖަވާބުދީބަލާށެވެ! ﷲ ތަޢާލާ އަހުރެމެންނަށް ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވުމަކީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ގޮތަށް ކަންކަން ކުރުން ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން ނިޢުމަތްތަކަށް އެދޭ މީހުން މިކަންކަމަށް ވިސްނައި ޢަމަލުތައް އިޞްލާޙްކޮށްލަން މަސައްކަތްކުރުން ކީއްހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން