ޞަދަޤާތް ދިނުމުގަ ގާތްތިމާގެ މީހުންނަށް އިސްކަންދޭންޖެހޭ 2 ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޞަދަޤާތް ދިނުމުގަ ގާތްތިމާގެ މީހުންނަށް އިސްކަންދޭންޖެހޭ 2 ސަބަބު-: މުފްތީ މެންކް

ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރާއިރު ގާތްތިމާގެ މީހުންނަށް އިސްކަންދޭންޖެހޭ 2 ސަބަބެއް ވެއެވެ. އެތަނުން ފުރަތަމަ ސަބަބަކީ އެމީހުންނަކީ އެހީތެރިކަމަށް ބޭނުންވެގެން ނުވަތަ ދަތިޙާލުގައި ތިބި ބައަކަށް ވުމެވެ. ދެވަނަ ސަބަބަކީ އެމީހުންނަކީ ތިބާގެ ގާތް ތިމާގެ މީހުން ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވުމެވެ.  

މީސްތަކުންނޭވެ! ޞަދަޤާތެއް ދޭނަމަ ފުރަތަމަ ބަލަންވާނީ ޢާއިލާގެ މީހަކު ދަތިޙާލުގައި ހުރިތޯއެވެ. އެފަދަ މީހަކު ހުރިނަމަ އެމީހާ ކަމަކު އެދެންދެން މަޑުނުކުރާށެވެ. އެމީހަކާއި ހަމައަށް ގޮސް އެހީތެރިވާށެވެ. އެއަށްފަހު ދަތިޙާލުގައި ތިބި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. 

މިމަގުން ޢަމަލުކުރާނަމަ ދަތިޙާލުގައި އުޅެންޖެހޭ މީހުންގެ ޢަދަދު ބޮޑުތަނުން މަދުވެގެންދާނެއެވެ. އެހެނީ ވަރަށް މަދު ޢާއިލާއެއްގައި ނޫނީ ތަނަވަސްކަން ދެއްވެވި ބައަކުވެސް ތިބޭނެއެވެ. އެމީހުންގެ އެހީތެރިކަން ޢާއިލާގެ ފަޤީރުންނަށް ލިބެމުންދާނަމަ ޢާއިލާގެ އެންމެންވެސް ތިބޭނީ ދަތި ޙާލުން ސަލާމަތްވެގެންނެވެ.  

މިވާހަކަ ދައްކަން މިޖެހޭ ސަބަބަކީ ކަން އޮތީ މިފަދައިން ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ޞަދަޤާތުގެ ފައިދާކުރާނީ ދުރުމީހަކަށް ދިނުމުން ކަމަށެވެ. އެއީ ކުށްހީއެކެވެ. ޞަދަޤާތް ފަށަން އޮތީ ގޭތެރެއިންނެވެ. އަމިއްލަ ޢާއިލާގެ ތެރެއިންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން